ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރު އަނބުރާ ރާއްޖެއަށް ފޮނުވާލައިފިއެވެ.
އަދީބު އަނބުރާ ރާއްޖެއަށް ފޮނުވާލާފައިވަނީ އޭނާ އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިލައްވާފައި ވަނިކޮށެވެ. އިންޑިއާގެ ނޫހެއް ކަމުގައިވާ ދަ ނިއު އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ވަގުތެއްގައި، އަދީބު ދިވެހި ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކާއި ހަވާލުކުރުމަށް ފަހު އޭނާ އަނބުރާ ރާއްޖެއަށް ފޮނުވާލާފައިވާ ކަމަށެވެ.
ރާއްޖޭގެ އޮފިޝަލުންތަކާއި އެކު އަދީބު ރާއްޖެއަށް ފޮނުވާލާފައިވަނީ އޭނާ އެ ގައުމަށް އެތެރެވާން މަސައްކަތްކުރި ޓަގްބޯޓުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ފޮނުވާލީ އޭނާ ދަތުރުކުރި ޓަގުބޯޓުގެ ފަޅުވެރިންނާއިވެސް އެކުގައެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް މަސްދަރަކުން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އިންޑިއަން އެކްސްޕްރެސް ނޫހަށް މައުލޫމާތު ދިން އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީގެ އޮފިޝަލަކު ވިދާޅުވީ، އަދީބު ދަތުރުކުރި ބޯޓު ފުރީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަދީބު ގޮވައިގެން ރާއްޖެއަށް އަނބުރާ އާދެވޭނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދީފައިވެއެވެ. އެންޑީޓީވީއަށް މައުލޫމާތު ދިން ސޫތުކުޅީގެ ފުލުހަކު ބުނީ އަދީބާ ހަވާލުވީ ދިވެހި ސިފައިންގެ ކޯސްޓްގާޑުން ކަމަށެވެ.