Advertisement
ކ. މާލެ
|
3 އޯގަސްޓް 2019 | ހޮނިހިރު 01:28
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ޓްވިޓަރ
އަހުމަދު އަދީބް
ކުރިޔަށް އޮތް ދެ ދުވަސް ތެރޭގައި އަދީބް ރާއްޖެއަށް ފޮނުވާލެވޭނެ: އިންޑިއާ އޮފިޝަލުން
ދިވެހި ފުލުހުން ޓީމެއް ޗެންނާއި އަށް ދިޔުމަށް ވަނީ ހަމަޖެހިފައި
އަދިވެސް ހުންނެވީ ޓަގު ބޯޓުގައި
ސިޔާސީ ހިމާޔަތަށް ވަނީ އެދިފައި

ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ދެ ދުވަހެއްގެ ތެރޭގައި ރާއްޖެ ފޮނުވާލެވޭނެ ކަމަށް އިންޑިއާގެ އޮފިޝަލުން ބުނެފިއެވެ.

ކުރީގެ ނައިބް ރައީސް އަދީބް ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވީ ބުރާސްފަތި ދުވަހުއެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައި، އެ ބޯޓްގަ އެވެ. އަދީބަށް ސިޔާސީ ހިމާޔަތް ދެއްވުމަށް އެމަނިކުފާނުގެ ވަކީލުން ދަނީ އިންޑިއާ ސަރުކާރަށް ގޮވާލަމުންނެވެ.

އަދީބްގެ މައްސަލާގައި އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއްގައި އެ ޤައުމުގެ އޮފިޝަލަކު ވިދާޅުވީ، އެމަނިކުފާނު އަނބުރާ ރާއްޖެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ދެ ދުވަހެއް ތެރޭގައި ފޮނުވާލެވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެހެން ނަމަވެސް އަދީބް ރާއްޖެއަށް ފޮނުވާލާނީ ވައިގެ މަގުން ކަމެއް ނުވަތަ ކަނޑު މަގުން ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

Advertisement

ދިވެހި ފުލުހުންގެ ޓީމެއް ޗެންނާއި އަށް ދާން ހަމަޖެހިފައިވާ ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ. އެކަމަކު ފުލުހުން އެކަމާއި ގުޅިގެން އިތުރު އެއްޗެއް ނުބުނެއެވެ.

ސިޔާސީ ހިމާޔަތަށް އެދިވަޑައިގެންފައިވަނިކޮށް އަދީބު އިންޑިއާ އިން ރާއްޖެ ފޮނުވާލުމަކީ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
3 އޯގަސްޓް 2019 | ހޮނިހިރު 12:50
ޓަގް ބްރޯ
އަދިވެސް 'އެމަނިކުފާނު' ތަ ކިޔަނީ؟؟ ފިލައިގެން ދިޔަގޮތަށް އަނބުރާ ޓަގްބޯޓުގަ ގެނައިމަ ނިމުނީ
3 އޯގަސްޓް 2019 | ހޮނިހިރު 08:32
ހުސެން
ރައްޔިތުން ދަވާާލި ބޮޑު ވަގަކަށްވެސް އެމަނިކުފާނު ކިޔައިގެން ލިޔުން ތީ ލަދުވެތިކަމެއް. ރާއްޖެ އެމްވީ ތީ އަދީބު ފައިސާދީގެން ހިންގާ ކުންފުންޏެއްތަ؟
3 އޯގަސްޓް 2019 | ހޮނިހިރު 01:40
ޙަސަންމަނިކް
"އެމަނިކުފާނު" ގެ ވަކީލުންގެ ޓީމުގައި ތިބީ ކޮންބައެއްކަން ޖަހާލަނިކޮށްވެސް ޚަބަރު ފުރިހަމަވާނެ ތަންކޮޅެއް.