Advertisement
ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 23:40
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޓްވިޓަރ
ރައީސް ނަޝީދު
މަޖިލީހުގެ މި ދައުރުގެ ތެރޭގައި އިންކަމް ޓެކްސް ނެގުމަށް މަސައްކަތް ފަށާނަން: ރައީސް ނަޝީދު
2011 ވަނަ އަހަރު އެންމެ ފުރަތަމަ މީރާ އުފެދި ނަގެން ފެށުނީ ޓީޖީއެސްޓީ
އަމިއްލަ ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސް ނެގުމުގެ ކުރިން އޭރު ސަރުކާރު ވައްޓާލީ
ދައުލަތުގެ ބަޖެޓް 2020 ވަނަ އަހަރަށް އަންދާޒާކޮށްފައިއޮތީ އަމިއްލަ ފަރުދުންގެ އާމްދަނީން ލިބޭ ޓްކްސްއިން ލިބޭނެ އެއްޗެއް ހިމަނައިގެން

ވަކި ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސްގެ ބިލް މި ދައުރުގެ މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން ތައާރަފް ކުރްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މީރާއަށް 9 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، 2011 ވަނަ އަހަރު އެންމެ ފުރަތަމަ މީރާ އުފެދި ނަގެން ފެށުނީ ޓުއަރިޒަމް ގުޑްސް އެންޑް ސާވިރސް ޓެކްސް ކަމަށެވެ. އަދި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ނަގަންފެށުމަށްފަހު ދެން ނަގަން ފެށީ ޖީއެސްޓީކަމުގައި ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ އަމިއްލަ ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސް ނެގުމުގެ ކުރިން އޭރު ސަރުކާރު ވައްޓާލީކަމަށެވެ. އެހެންނަމަވެސް އަލުން އެނބުރި އައިސް މިތިބީ އަމިއްލަ ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމޭރުމުން ވާހަކަކުރިއަށްގެންދަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓް 2020 ވަނަ އަހަރަށް އަންދާޒާކޮށްފައިއޮތީ އަމިއްލަ ފަރުދުންގެ އާމްދަނީން ލިބޭ ޓްކްސްއިން ލިބޭނެ އެއްޗެއް ހިމަނައިގެން ކަމަށެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި މި ޓެކްސް ނަގަން ފަށަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ޓެކްސް ތައާރަފްކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. އޭރުގައި ވިޔަފާރިވެރިންގެ ފަރާތުން އެކި ގޮންޖެހުންތައް ކުރިމަތިވިނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން ޓެކްސްގެ ޤާނޫނު ފާސްކޮށް، ޓެކްސް ނަގަން ފެށުމާއެކު ދައުލަތުގެ އާމްދަނީ ވަނީ ދެ ގުނަވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އޭގެކުރީ ސަރުކާރުތަކަށް ޓެކްސް ނިޒާމް ތއާރަފްނުކުރެވިއޮތީ މަދު ބައެއްގެ ނުފޫޒުގެ ސަބަބުން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައިވެސް އެ ނުފޫޒުތައް ކުރިމަތިވިކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް