Advertisement
ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 00:00
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އަދީބު އދ ގެ ހިމާޔަތަށް އެދިއްޖެ
އަދީބަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށް އޭނާގެ ބައިނަލްއަގުވާމީ ވަކީލުން ވިދާޅުވޭ

އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ފުލުހުން ހައްޔަރު ކުރި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އދ. ގެ ހިމާޔަތަށް އެދިލައްވައިފިއެވެ.

އަދީބާ ގުޅޭގޮތުން އިންޓަނޭޝަނަލް ޖަސްޓިސް ޗޭމްބާސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ހިމާޔަތް ހޯދުމަށް އަދީބު އެދިލައްވާފައިވާ ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ހިމާޔަތް ދިނުމަށް އިންޑިއާއަށް ގޮވާލާ ކަމަށެވެ.

އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކޮށްފައިވާ ހުކުމްތައް ބާތިލްވީ ކަމުގައި ވިޔަސް އަދީބު ހުރީ ގޭބަންދުގައި ބަހައްޓާފައި ކަމަށެވެ. އަދި އޭނާ ބޭސްފަރުވާ ލިބެނީ ވަކި އެއްބަސްވުމެއްގައި ސޮއި ކޮށްގެން ކަމަށާއި އެއީ މަޖުބޫރުން ކުރުވާ ސޮޔެއް ކަމަށް ލޯޔަރުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި އަދީބަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށާއި މަޖުބޫރުން ސޮއި ކުރުވަނީ އޭނާ ނުކުރާކަމަށް މަޖުބޫރުން އިއުތިރާފު ކުރުވައިގެން ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

Advertisement

އެހެން ކަމުން ހިމާޔަތް ހޯދަން ހުށަހެޅި ހުށަހެޅުމާ މެދު ވަކިގޮތެއް ކަނޑައެޅެންދެން އަނބުރާ ރާއްޖެއަށް ފޮނުވާނުލައި އަދީބަށް ރައްކާތެރިކަން ދިނުމަށް ވެސް އެ ބަޔާނުގައި އިންޑިއާ ސަރުކާރަށް އޭނާގެ ލޯޔަރުންގެ ޓީމުން ވަނީ ގޮވާލާފައެވެ.

އަދީބާއި ގުޅިގެން ފުލުހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަދީބު ފިލުވުމުގައި އެހީތެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް އެ ބަޔަކަށް ގާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދީބު އދ. ގެ ހިމާޔަތަށް އެދި ލައްވާފައިވަނީ ފުލުހުން އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނިފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް