Advertisement
ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 22:39
ހުޅުމާލެ ބީޗް
ހުޅުމާލެ ބީޗް
ތަހާރަތު މުހައްމަދު ވަހީދު
ހުޅުމާލެ ބީޗް ހުސްކުރުން
ބީޗް ހުސްކުރަން ދިން މުހުލަތުގައި ގިނަ ފަރާތްތަކުން އެކަމަށް އިޖާބަ ދީފައިވޭ: އެޗްޑީސީ
ނުނަގާ ހުރި ތަކެތި ނެގުމުގެ މަސައްކަތް ދަނީ ކުރަމުން
މޫދަށް އެރުމުގެ ފުރުސަތު އޮންނާނެ

ހުޅުމާލޭ ބީޗް ސަރަހައްދުގައި ކެފޭ، ރެސްޓޯރެންޓްތައް ހުސްކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ދީފައިވާ މުހުލަތުގައި ގިނަ ފަރާތްތަކުން އެކަމަށް އިޖާބަ ދީފައިވާ ކަމަށް އެކޯޕްރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ދެމެދުގައި ނަރުދަމާގެ ނިޒާމު ގުޅުވާލުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ ބީޗް ސަރަހައްދުގައި ނަރުދަމާ ހޮޅި ވަޅުލުމަށްޓަކައި އެސަރަހައްދުގައި ހިންގަމުންދާ ކެފޭތައް ބަންދުކުރުމަށް މީގެ 1 މަސް ކުރިން ދީފައިވާ ނޯޓިސްއާއި ގުޅިގެން 31 ޖުލައި ގައި ބީޗް ސަރަހައްދު ހުސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ކެފޭ ހިންގަމުންދިޔަ ފަރާތްތަކަށް 31 ޖުލައިވީ ބުދަ ދުވަހުގެ 15:00 ގެ ނިޔަލަށް ބީޗް ސަރަހައްދު ހުސްކުރުމަށް އެންގުމުން ގިނަ ފަރާތްތަކުން އެކަމަށް އިޖާބަދީ އެސަރަހައްދު ހުސްކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

Advertisement

މީގެ އިތުރުން އެޗްޑީސީން ބުނީ ބުދަ ދުވަހުގެ 15:00ގެ ފަހުން ނުނަގާހުރި ތަކެތި ނަގާ އެސަރަހައްދު ހުސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ އެމްޑަބްލިޔުއެސްސީގެ ނަރުދަމާ ހޮޅި ވަޅުލުމުގެ މަޝްރޫއު ކުރިއަށްދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު ބީޗް ސަރަހައްދުގައި މޫދަށް އެރިލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ. މިޕްރޮޖެކްޓް ކުރިއަށް ދިޔަކަމުގައި ވީ ނަމަވެސް ކުރިއެކޭ އެއްފަދައިން ވޯޓަރ ސްޕޯޓްސްގެ ޚިދުމަތް އާންމުނަށް ލިބޭނެ ކަމަށް އެކޯޕްރޭޝަނުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް