ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ތާވަލު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެއެވެ. އަމީންއާންމު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މަޖިލީހުގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީންއާންމު ވިދާޅުވީ މިނިސްޓަރު އައިޝާއާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރައްވަން ހުށަހަޅުއްވާފައިވާ ސުވާލު އަންނަ ހަފުތާގެ ތެރޭގައި އެޖެންޑާ ކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އަމީން އާންމު ވިދާޅުވީ މިނިސްޓަރާއި ސުވާލު ކުރެއްވުމަށް އަންނަ ހަފުތާގައި ބާއްވާ ޖަލްސާއެއްގައި އެ ސުވާލު އެޖެންޑާ ކޮށްދިނުމަށް ވިދާޅުވެފައިވާ ކަމަށެވެ. މެމްބަރު ޖާބިރު، މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ މާލޭގައި ޕާކިން މައްސަލައަށް އެކަށީގެންވާ ހައްލެއް ނުހޯދި ގަވާއިދާ ހިލާފަށް ޕާކް ކުރާ އެއްގަމު އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖަހާ މައްސަލައާ ގުޅިގެން ސުވާލު ކުރެވުމަށެވެ.
މިނިސްޓަރު ނަހުލާގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މަޖިލީހަށް ސުވާލުކުރުމަށް ހާޒިރުކުރުމަށް މެމްބަރު ޖާބިރު ހުށަހަޅުއްވާފައިވެއެވެ. ނަމަވެސް މިނިސްޓަރު އިމްރާން މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްވުމުން މިނިސްޓަރު އިމްރާނާ މަޖިލީހަށް ހާޒިރު ކުރުމަށް ދުވަހެއް އަދި ޔަގީން ނުވާ ކަމަށް ވެސް އަމީންއާންމު ވިދާޅުވިއެވެ.