އެއްގަމު އުޅަނދުފަހަރަށް ދަރުމަވަންތަ ކޮމްޕްލެކްސްގައި ވަދެ ނިކުންނަ މަގު ހުޅުވައިލައިފިއެވެ.
ބުރާސްފަތި ދުވަހު ހުޅުވާލި ދަރުމަވަންތަ ކޮމްޕްލެކްސް އަށް ވަދެވޭ ދޮރު ބޮޑުތަކުރުފާނު މަގުގައި ހުންނައިރު ނުކުންނަ ދޮރު ހުންނަނީ އަމީނީ މަގުގައެވެ.
މި މަގުގައި އެއްވެސް އުޅަނދެއް ޕާކް ކުރުމަކީ މަނާކަމެއްކަމުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އިން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނުގައި ވެއެވެ. މީގެއިތުރުން މި މަގު ބޭނުން ކުރެވޭނީ ބަލިމީހުންނާއި ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ނޫސްބަޔާނުގައި ވެއެވެ. އަދި ހުއްޓެން ޒޯނު ފަސޭހަ ކަމާއި އެކީ ފެންނާނެ ގޮތް ފާހަގަ ކުރެވިފައިވުމުގެ އިތުރުން ބަލިމީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަ ކުރުމަށްޓަކާ ވީލްޗެއާރ ދުއްވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ވެސް ވެއެވެ.
މީހުންގެ ރައްކާތެރިކަމަށްޓަކާ މި މަގުގައި ވަނީ ސެކިއުރިޓީގާޑުންނާއި ސީސީޓީވީ ހަރުކުރެވިފައެވެ.