Advertisement
ކ. މާލެ
|
31 ޖުލައި 2019 | ބުދަ 14:53
ހުޅުމާލެ ބީޗް
ހުޅުމާލެ ބީޗް
ތަހާރަތު މުހައްމަދު ވަހީދު
ހުޅުމާލެ
ބީޗް ހުސްކުރަން ދިން މުއްދަތު ހަމަވުމުން ބަންދު ކޮށްފި
ބީޗް ސަރަހައްދު ހުސްކުރުމަށް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ވަނީ އަންގާފައި

ހުޅުމާލޭ ބީޗް ސަރަހައްދުގައި ކެފޭ، ރެސްޓޯރެންޓްތައް ހުސްކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ދީފައިވާ މުހުލަތު ހަމަވުމާއެކު އެ ސަރަހައްދު ބަންދު ކޮށްފިއެވެ.

ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭކަށް ބޭނުންވާ ޔުޓިލިޓީ (ފެނާއި ނަރުދަމާ) އެޅުމަށް ބީޗް ސަރަހައްދު ހުސްކުރުމަށް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ވަނީ އަންގާފައެވެ.

Advertisement

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު އާތިފު ރާއްޖެއެމްވީއަށް ވިދާޅުވީ ބީޗް ސަރަހައްދު ބަންދު ކޮށްފައިވަނީ ދީފައިވާ މުއްދަތު ހަމަވުމުން ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް 25 މިލިއަން ޑޮލަރަށް ހަވާލު ކޮށްފައިވަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާއެވެ. އެމަޝްރޫއުގެ ތެރެއިން ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ނެޓްވޯކް ގާއިމުކުރުމާއި އެ ތަނުގެ މަގު ހުރަސްކޮށް އަޅަން ޖެހޭ ހޮޅި ލައިންތައް އަޅާނެއެވެ. އެމަޝްރޫއު އެޗްޑީސީއިން އެމްޑަބްލިއުއެސްސީއާއި ހަވާލު ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް