Advertisement
ކ. މާލެ
|
31 ޖުލައި 2019 | ބުދަ 12:52
ހުސައިން ޒަރީރު
ހުސައިން ޒަރީރު
ސޯޝަލް މީޑިއާ
މާފުށީ ޖަލު
މާފުށީ ޖަލުގައި ހުއްޓާ މަރުވި ހުސައިން ޒަރީރުގެ މައްސަލާގައި ދައުވާ ކުރަން ފޮނުވައިފި
ހުސައިން ޒަރީރު މަރުވެފައިވަނީ މާފުށީ ޖަލުގައި

ކޯޓު އަމުރަކުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަފައި ހުރި ހުސައިން ޒަރީރު (ބެންޑިތު)މަރުވި މައްސަލަ ބެލުމަށްފަހު ދައުވާ ޖެހޭ ފަރާތްތަކަށް ދައުވާ ކުރުމަށް ރައީސް އުފައްދަވާފައިވާ މަރުތަކާ ބެހޭ ކޮމިޝަނުން ފުލުހުންނަށް ފޮނުވައިފިއެވެ.

Advertisement

މަރުތަކާއި ބެހޭ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ދ. ވާނީ ބްލޫހެވަން ހުސައިން ޒަރީރު މާފުށީ ޖަލުގައި މަރުވި މައްސަލަ އެ ކޮމިޝަނުން ބަލައި ނިންމުމަށްފަހު އެ މައްސަލައިގައި އިހުމާލުވާ މީހުންގެ މައްޗަށް ދައުވާ ކުރުމަށްފަހު އެމައްސަލައިގައި އިހުމާލުވާ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.

2015ގެ އޮކްޓޯބަރގައި ހައްޔަރު ކުރުމަށްފަހު ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ހަސަން ޒަރީރު ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންދިޔައީ 2016 އަހަރުގެ ޖެނުއަރީ 28ގަ އެވެ.

އެނގިފައިވާ ގޮތުގައި ޒަރީރު މަރުވުމުގެ މަހެއްހާ ދުވަސް ކުރިން އޭނާ ވަނީ ސްޓްރޯކެއް ޖެހި ޕެރެލައިޒް ވެފައެވެ. އޭނާ ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައީ މަރުވުމުގެ އެއް ދުވަސް ކުރިންނެވެ. އެކަމުގައި ކަރެކްޝަނަލް ސަރވިސްގެ މުއައްޒަފުންގެ އިހުމާލު އޮތް ކަމަށް ވެއެވެ.

ހަސަން ޒަރީރު މަރުވެފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް