Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 18:51
ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދުވަސް 2019 ފާހަގަ ކުރުމުގެ ގޮތުން ނައިބް ރައީސް އާއި މިނިސްޓަރުން ގައިމީ ދިދަ ވިހުރާލަނީ
ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދުވަސް 2019 ފާހަގަ ކުރުމުގެ ގޮތުން ނައިބް ރައީސް އާއި މިނިސްޓަރުން ގައިމީ ދިދަ ވިހުރާލަނީ
ރައީސް އޮފީސް
ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދުވަސް 2019
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދުވަސް ފާހަގަކޮށްފި
މިއީ ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދުވަސް ފާހަގަ ކުރި ފުރަތަމަ ފަހަރު
ހަރަކާތް ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމް
މި ހަރަކާތުގައި ބައިވެރިވި، ބައިވެރިންވަނީ ގައުމީ ދިދަ އެންމެން އެކުގައި ވިހުރާލުމާއިއެކު އަތްގުޅާލައި މި ގައުމުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކާލާފަ

2019 ވަނަ އަހަރުގެ ބައިނަލް އަގްވާމީ ރަހްމަތްތެރިކަމުގެ ދުވަސް (އިންޓަރނޭޝަނަލް ފްރެންޑްޝިޕް ޑޭ) ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ އަތުގުޅާލުމުގެ ހަރަކާތް އަންގާރަ ދުވަހު ކުރިޔަށް ގެސްގޮސްފިއެވެ.

މިއީ ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދުވަސް ފާހަގަކުރި ފުރަތަމަ ފަހަރެވެ.

އެކުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެގޮތުން ބޭއްވި ހަރަކާތް ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމެވެ. މި ހަރަކާތުގައި ނައިބް ރައީސްގެ އިތުރުވެސް ސަރުކާރުގެ ވުޒާރާތަކުގެ މިނިސްޓަރުންނާއި ރައްޔތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެންބަރުންވަނީ ބައިވެރިވެރފައެވެ.

Advertisement

މި ހަރަކާތުގައި ބައިވެރިވި، ބައިވެރިންވަނީ ގައުމީ ދިދަ އެންމެން އެކުގައި ވިހުރާލުމާއިއެކު އަތްގުޅާލައި މި ގައުމުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކާލާފައެވެ. އިވެންޓް ނިންމާލުމުގެ ގޮތުން ވަނީ ޖެހިގެން ހުރި ފަރާތާއި ސަލާމްކޮށްލުމަށްފަހު އާ ރަހުމަތްތެރިޔަކާއި ބައްދަލުވެފައެވެ. މި ހަރަކާތުގެ ބައިވެރިންވަނީ އަތުގުޅާލައިގެން މާލޭގެ ރިންގް ރޯޑް ވަށައިގެން އަތުގުޅާލާފައެވެ.

މި ހަރަކާތުގައި ސަރުކާރުގެ އެކި ކުންފުނިތަކާއި، ގައުމީ ދިފާއީ ބާރާއި ފުލުހުންނާއި ސުކޫލުތަކުގެ ދަރިވަރުންނާއި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގެ މަގުސަދަކީ މުޅި މުޖުތަމައުގައި އުޅޭ އެންމެންގެ މެދުގައި އޮތް އެކުވެރިކަން ދައްކާލުމުމުގެ ގޮތުން ބޭއްވޭ އިވެންޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް