މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސްތުވާތެކި ވިއްކުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ފުލުހުން ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ މީގެ ހަތް ދުވަސް ކުރިން ފެށި މި އޮޕަރޭޝަންގައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރާ ބޮޑެއް ހައްޔަރުކޮށްފައިކަމަށެވެ. އަދި އެ މީހާގެ އިތުރުން ހަ ކިލޯގެ މަސްތުވާތަކެތި ވެސް އަތުލާގަނެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފާވަނީ ފުލުހުންގެ ޑްރަގް އެންފޯރސްމެންޓް ޑިޕާރޓްމެންޓާ، ޑްރަގް އިންޓެލިޖެންސް އަދި މަތި އުތުރު ޑިވިޝަން ގުޅުގެންނެވެ.
މި ފަހަކަށް އައިސް ފުލުހުންވަނީ ގިނަ އޮޕަރޭޝަން ތަކެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާ ނައްތާލާފައެވެ. އަދި މަސްތުވާތަކެއްޗާއި ދެކޮޅަށްކުރާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއްވެސް ހޯދައިފައިވެއެވެ.