Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 18:26
އައިޖީއެމްއެޗްގެ ސީއީއޯ ސަލީމް، ރައީސް ސޯލިހާއެކު
އައިޖީއެމްއެޗްގެ ސީއީއޯ ސަލީމް، ރައީސް ސޯލިހާއެކު
ރައީސް އޮފީސް
އައިޖީއެމްއެޗް
އައޖީއެމްއެޗަކީ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގޭ ނަމަ ހިންގުން ހަރުދަނާވާނެ: ސީއީއޯ
ވިޔަފާރި މޮޑެލް އަށް ބަލާއިރު އެއީ ރަނގަޅު މޮޑެލް އެއް ކަމަށް ސަލީމް ވިދާޅުވި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަކީ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގޭތަނެއްނަމަ ހޮސްޕިޓަލްގެ ހިންގުން ހަރުދަނާވާނެ ކަމަށް އެކުންފުނީގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސަލީމް ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލް ސިވިލް ސާރވިސްގެ ދަށުގައި އޮތްނަމަވެސް އިމިގްރޭޝަނާއި، ކަމްޓަމްސް ފަދައިން ޚާއްސަ އޮނިގަނޑެއް ހަދައިފިނަމަ ހޮސްޕިޓަލް ހިންގުމުގައި އިތުރު ކަންތައްތަކެއް ހަރުދަނާ ކުރެވި ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި އެއީ ވިޔަފާރި މޮޑެލްއަށް ބަލާއިރު ރަނގަޅު މޮޑެލް އެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ހޮސްޕިޓަލް ހިންގުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި އެކިއެކި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ބަޖެޓް ނުލިބޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭގެއިތުރުން ސަރުކާރުގެ ޚަރަދުގައި ކިޔެވުމަށްފަހު ބޮންޑު އޮއްވާ ވަޒީފާއިން ކެނޑިގެން ދިއުމަކީވެސް ދިމާވާ ވަރަށް ބޮޑު ދައްޗެއް ކަމަށް ފަހަގަ ކުރެއްވިއެވެ.

Advertisement

މުވައްޒަފުން ވަޒީފާއަށް ވެއްދުމުގައި ޕްރޮސެސްތައް ފޮލޯ ކުރުމުގައި ދަތިތައް ދިމާވާ ކަމަށާއި އެހެންކަމުން ބޭނުންވާ ބާރުމިނިގައި ވަޒީފާ ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ނުދާކަމަކީ ދިމާވާ ވަރަށް ބޮޑު ދައްޗެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ވޯކް ފޯސްގައި ޖުމްލަ 1600 އަށް ވުރެން ގިނަ މީހުން ހަރަކާތްތެރިވާއިރު ޖުމްލަ 675 ނަރުހުން ހަރަކާތްތެރިވެއެވެ.

129 ސްޕެޝަލިސްޓް ޑޮކްޓަރުނާއި، 121 މެޑިކަލް އޮފިސަރުން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރެއެވެ. ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީއަކީ 300 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް