Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 18:57
އެމްޓީސީސީގެ މެމްބަރުން އެސްއޯއީ ކޮމެޓީގައި
އެމްޓީސީސީގެ މެމްބަރުން އެސްއޯއީ ކޮމެޓީގައި
މަޖިލިސް
އެސްއޯއީ
ރިޔާސީ އިންތިޙާބާއި ދިމާކޮށް ގިނަ މަޝްރޫއުތަކެއް ހިންގާފައިވޭ: އެމްޓީސީސީ
ޕްރޮޖެކްޓްތަކުގައި އީއޭއީގެ އިތުރުން ޑިޒައިންގެ މަސައްކަތްވެސް ކުރެވިފައި ނުވޭ

ރިޔާސީ އިންތިޚާބާއި ދިމާކޮށް ޕްރޮޖެކްޓްތަކެއް ހިންގާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީޓީސީ އިން މިހެން ބުނެފައިވަނީ އަންގާރަ ދުވަހުގެ މަޖްލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީގައެވެ. އެމްޓީސީސީ އިން ބުނީ ރިޔާސީ އިންތިޙާބަށް ބަރޯސާވާގޮތަށް މަގުފަހިވާކަހަލަ ޕްރޮޖެކްޓް ތަކެއް ހިންގާފައިވާކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބަށް ފަހު ސަރުކާރު ބަދަލުވި ދުވަސްކޮޅު އެމްޓީސީސީގެ މަޝްރޫޢުތައް ކުރިއަށް ނުދާކަން ފާހަގަ ކުރެވުން ކަމަށާއި އެކި އެކި ސައިޓްސް ތަކުގައި ފަށާފައިވާ މަޝްރޫތަށް ވެސް ކުރިއަށް ނުދާކަމަށެވެ. މިސާލު ނަންގަވަމުން ، ގއ.ވިލިނގިލި، އއ.ރަސްދޫ، އއ.ހިމެންދޫ، ސ.މަރަދޫ ގައި ފަށާފައިވާ މަޝްރޫއުތައް ފާހަގަ ކުރެއްވިއެވެ.

Advertisement

ރިޔާސީ އިންތިޚާބާއި ދިމާކޮށް އެ ކުންފުންޏަށް ލިބުނު މަޝްރޫއުތަކަށް ބަލާލާއިރު ބ. ފެހެންދޫ، ވ، ކެޔޮދޫ، ގެ މަޝްރޫއުތައް އެމްޓީސީސީން ފާހަގަކުރެއްވިއެވެ. އަދި އެދުވަސްވަރު އެ ކުންފުންޏަށް ލިބުނު ޕްރޮޖެކްޓްތަކުގައި އީއޭއީގެ އިތުރުން ޑިޒައިންގެ މަސައްކަތްވެސް ކުރެވިފައި ނުވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ބައެއް ރަށްރަށުގެ ރައްޔިތުން ބައެއް މަޝްރޫއުތަކާއި މެދު ހިތްހަމަ ނުޖެހުމުގެ ސަބަބުން ވެސް މެދުކެނޑިފައިވާކަން ފާހަގަ ކުރިއެވެ. އަދި ރައްޔިތުން އެ މަޝްރޫއުތަކަށް ގެންނަން ބޭނުންވާ ބަދަލުތަށް ގެނައުމަށް ޕްލޭނިންގް މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް