Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 00:16
ކްރިމިނަލް ކޯޓުގެ ޝަރީއަތް މަޖިލިސް
ކްރިމިނަލް ކޯޓުގެ ޝަރީއަތް މަޖިލިސް
ގޫގުލް
ޖުޑީޝަލް ސަރވިސް ކޮމިޝަން
ކްރިމިނަލް ކޯޓުގެ ނުނިމި ހުރި މައްސަލަތަކާ ބެހޭ ރިޕޯޓް ޖޭއެސްސީން ތައްޔާރުކޮށްފި
ޖޭއެސްސީން ރިޕޯޓް ތައްޔާރުކުރީ އެކުލަވާލީ ހާއްސަ ކޮމިޓީއަކުން
އިތުރު ކޯޓުތަކުގެ މައްސަލަތައް ވެސް ދިރާސާކުރާނެ
މައްސަލަތައް އަވަހަށް ނިންމުމަށް ދައުލަތުގެ މުއައްސަސާތަކަށް ރިޕޯޓް ފޮނުވަން ވަނީ ނިންމާފައި

ކޯޓުތަކުގައި ހިނގާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގުދެމިންދާ މައްސަލަ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ކޮމިޓީން ކްރިމިނަލް ކޯޓުގެ ރިޕޯޓް ތައްޔާރުކޮށް ނިމިއްޖެއެވެ.

"ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ރިޕޯޓް" ގެ ނަމުގައި ތައްޔާރުކުރި ރިޕޯޓަކީ، އެކޮމިޝަނުން އެކުލަވާލި ކޮމިޓީއަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އެގޮތުން އެ ކޮމިޓީން އެންމެ ފުރަތަމަ ބަލާފައިވަނީ ކްރިމިނަލް ކޯޓުގައި ހިނގާފައިވާ މައްސަލަތަކެވެ.

Advertisement

ޖޭއެސްސީން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ރިޕޯޓް ތައްޔާރުކުރުމުގައި އެކޯޓުގައި މައްސަލަތައް ހިނގާފައިވާ މިންވަރާއި، ނުހިންގި ނުވަތަ ހުއްޓިފައި ހުރި މައްސަލަތަކުގެ މިންވަރުގެ އިތުރުން އެކޯޓުގައި މައްސަލަތައް ބެލުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ހުރިނެތްގޮތް ބަލާފައިވާނެ ކަމަށެވެ.

ޖޭއެސްސީން އިތުރަށް ބުނެފައިވަނީ ކޯޓުތަކުގައި ހުރި މައްސަލަތައް އަވަހަށް ނިންމުމުގައި ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން ކޯޓުތަކަށް ދެއްވުން އެދި، އެމުއައްސަސާތަކަށް އެރިޕޯޓް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޖޭއެސްސީން ވަނީ އެރިޕޯޓް ތަންފީޒީ އިދާރާތަކަށާއި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިނިވަން މުއައްސަސާތަކަށް ފޮނުވަން ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް