Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 23:10
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
މުހައްމަދު ޝަރުހާން
ޖުޑީޝަލް ސަރވިސް ކޮމިޝަން
މައްސަލަ ބަލާ ބެންޗު އެކުލަވާލާނީ އިސްގާޒީ: ޖޭއެސްސީ
ބެންޗު ކަނޑައެޅުމަކީ ޖޭއެސްސީއަށް ލިބިފައިވާ ބާރެއް ނޫން
ބެންޗު އެކުލަވާލުމަކީ އިސްގާޒީގެ މަސްއޫލިއްޔަތެއް

ސުޕީރިއަރ ކޯޓުތަކުގައި ހިނގަމުންދާ މައްސަލައެއް ބަލާ ބެންޗު ކަނޑައެޅުމަކީ އިސްގާޒީގެ މަސްއޫލިއްޔަތެއް ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން މިހެން ނިންމާފައިވަނީ، ސުޕީރިއަރ ކޯޓުގައި ހިނގަމުންދާ މައްސަލައެއް ބަލާ ބެންޗުގައި އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން އެކުލެވޭގޮތް ކަނޑައެޅުމަށް ލަފާ ދިނުމަކީ ޖޭއެސްސީއަށް ކުރެވިދާނެ ކަމައްތޯ ބެލުމަށް މަޝްވަރާކުރުމަށް ފަހުގައެވެ. މިކަމާއި ގުޅިގެން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ޖޭއެސްސީން ބުނެފައިވަނީ ބެންޗު ކަނޑައެޅުމަކީ އެ ކޮމިޝަންގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްނޫންކަމަށެވެ.

Advertisement

ޖޭއެސްސީން އިތުރަށް ބުނީ މިކަމުގައި އެ ކޮމިޝަނަށް ބަހެއް ނުބުނެވޭނެ ކަމަށް ހޯމަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ. ޖޭއެސްސީގެ ބަޔާނުގައި ވަނީ ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުން ސުޕީރިއަރ ކޯޓުތަކަށް ހުށައެޅޭ މައްސަލަތަކުގެ ޒާތަށާއި ބާވަތަށާއި އެހެނިހެން ކަންކަމަށް ބަލައި، އެއް ގާޒީއަށް ވުރެ ގިނަ ގާޒީންގެ މައްޗަށް އެކުލެވޭ ބެންޗެއް އެކުލަވާލުމަކީ އެ ކޯޓެއްގެ އިސްގާޒީއެއްގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ބެލެވޭ ގޮތުގައި ޖޭއެސްސީން މިކަމާއި ގުޅިގެން އެކޮމިޝަންގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ، މިދިޔަ ހަފުތާގައި ކުރިޔަށް ދިޔަ ރައީސް ޔާމިންގެ ޝަރީއަތާ ގުޅިގެން ލިބުނު ޝަކުވާތަކާ ގުޅިގެންނެވެ. އެގޮތުން މިހާރުގެ އިދިކޮޅުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ރައީސް ޔާމިންގެ މައްސަލަ އެންމެ ގާޒީއެއްގެ މައްޗަށް އެކުލެވޭ ބެންޗަކުން ބައްލަވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

Advertisement
- ކޮމެންޓް
30 ޖުލައި 2019 | އަންގާރަ 10:00
ޢަލީސް
ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް ބަލާ އެ މައްސަލަތައް ޝެޑިއުލް ކުރަންވީ ތާވަލު ކަނޑައެޅުމުގެ ބާރު ޖޭ.އެސް.ސީ. ލިބިގެންވޭތޯ؟