Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 18:04
ިމިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ތެރެއިން
ިމިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ތެރެއިން
ރާއްޖެއެމްވީ
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ
ވަޒީފާއިން ވަކިކޮށްފައި ތިބި މީހުންގެ މައްސަލަތައް ބެލުމުން ސަބް ކޮމެޓީއެއް އެކުލަވާލައިފި
ސަބް ކޮމެޓީގައި ފަސް މެމްބަރުން ހިމެނޭ
މުއައްޒަފުން ވަކިކޮށްފައި ހުރީ ކިހިނެތްތޯ ބަލާނެ

ސިވިލް ސަރވިސް ވަޒީފާއިން ވަކިކޮށްފައި ތިބި މީހުންގެ މައްސަލަތައް ބެލުމުން އަންނަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން، އެކޮމެޓީގެ ސަބް ކޮމެޓީއެއް އެކުލަވާލައިފިއެވެ.

މިމައްސަލަ ބެލުމަށް ސަބް ކޮމެޓީއެއް އެކުލަވާލީ، ހޯމަ ދުވަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ސަބް ކޮމެޓީއެއް އެކުލަވާލަން ހުށަހެޅުއްވީ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދެއެވެ. އަދި މިކަމަށް ތާއީދުކުރެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ.

ސަބް ކޮމެޓީގެ މެމްބަރުންނަކީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ހަނީފް، އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ގުރައީދު ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.

Advertisement

މުގައްރިރު ރޮޒެއިނާ ވިދާޅުވީ ކޮމެޓީގެ ޒިންމާއަކީ ސިވިލް ސަރވެންޓުންނާއި އެ ތަންތަނުގެ ވެރިންނާ އެހުރިހާ ބޭފުޅުން ޒިންމާ އަދާކޮށްފައިވޭތޯ ބެލުމާއި، ޒިންމާ އަދާނުކުރާ ކަމަށްވާނަމަ، އެބޭފުޅުން ބަދަލުކޮށްގެން ޒިންމާ އަދާކުރާނެ ބަޔަކު އެތަންތަނަށް އައްޔަންކުރުން ކަމަށެވެ. ސިވިލް ސާރވިސް ކޮމިޝަނާ ގުޅިފައިހުރި މަސައްކަތްތައް ކުރާއިރު، މުއައްޒަފުން ވަކިކޮށްފައި ހުރީ ކިހިނެތްތޯ ބެލުމާއި، ޖަވާބުދާރީވުމަށް ފުރުސަތު ދީފައިވޭތޯ ވެސް ބަލާނެ ކަމަށް މެމްބަރު ރޮޒެއިނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިވިލްސަރވިސް ވަޒީފާއިން ގިނަ ބަޔަކު ނުހައްގު ގޮތުގައި ވަނީ ވަކިކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް