Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 17:47
އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
އައްޑޫ ލައިވް
އާސަންދަ
އާސަންދަ "ވިނަވި" ޕޯޓަލް ބޭނުން ކުރާ ފުރަތަމަ ސިޓީ އަކަށް އައްޑޫ ސިޓީ
ވިނަވި ޕޯޓަލް އަކީ އާސަންދައިގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ލުއި ފަސޭހަތަށް ގާއިމްކޮށްދީ ހިދުމަތްދިނުމަށް ފަރުމާ ކުރަވިފައިވާ ޕޯޓަލް އެއް
އައްޑޫ ސިޓީގައި ސަރުކާރުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒުތަކެއްގައި ވިނަވި ޕޯޓަލް ގާއިމް ކުރެވި، ޕޯޓަލްގެ ދަށުން ގުޅާލެވޭނެ
2019 ވަނަ އަހަރު ނިމިގެން ދިޔުމުގެ ކުރިން މުޅި ދިވެހި ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކެއްގައި ވިނަވި ޕޯޓަލް ބޭނުން ކުރަންފެށޭނެ

އައްޑޫ ސިޓީގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނަށް އާސަންދައިގެ "ވިނަވި" ޕޯޓަލް ގާއިމް ކުރުމަށްޓަކައި، އެ ކަމަށް ތަމްރީން ދިނުމުގެ ގޮތުން އާސަންދަ ކުންފުނީގެ ހާއްސަ ޓީމެއް އައްޑޫ ސިޓީ އަށް ހިނގައްޖެއެވެ.

ވިނަވި ޕޯޓަލް އައްޑޫ ސިޓީގައި ބޭނުން ކުރަން ފެށުމުން އައްޑޫ ސިޓީ ވެގެންދާނީ "ވިނަވި" ޕޯޓަލް ބޭނުން ކުރާ ފުރަތަމަ ސިޓީއަށެވެ. ނަމަވެސް މިހާރުވެސް ހަ އަތޮޅެއްގެ ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒުތަކެއްގައި ވިނަވި ޕޯޓަލް ބޭނުން ކުރެވެމުން އަންނަކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.

ވިނަވި ޕޯޓަލް އަކީ އާސަންދައިގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ލުއި ފަސޭހަތައް ގާއިމްކޮށްދީ ހިދުމަތް ދިނުން ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި ކުރިޔަށް ގެންދިއުމަށްޓަކައި ފަރުމާކުރެވިފައި ޕޯޓަލް އެކެވެ.

މި ދަތުރުގައި އައްޑޫ ސިޓީގައި ސަރުކާރުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒުތަކެއްގައި ވިނަވި ޕޯޓަލް ގާއިމް ކުރެވި، ޕޯޓަލްގެ ދަށުން ގުޅާލެވޭނެއެވެ. އަދި މިހާރުވެސް އަމިއްލަ ފަރާތްތަކުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގާއިމް ކުރެވިފައިވާ މަރުކަޒުތަކުގައިވެސް ބޭނުންކުރަނީ އާސަންދަގެ ވިނަވި ޕޯޓަލް ކަމަށް އެ ކުންފުނިން ބުނެއެވެ.

Advertisement

އާސަންދަގެ ޓީމުގެ ފަރާތުން މިހާރު ވަނީ އައްޑޫ ސިޓީ ހުޅުމީދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ވިނަވި ޕޯޓަލް ބޭނުން ކުރުމުގެ ތަމްރީނުތަށް ދެވި، އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންނަށްވެސް ވިނަވި ޕޯޓަލް ބޭނުންކުރުމުގެ ތަމްރީންތައް ދެވިފައެވެ.

ޖުލައި 29 ވަނަ ދުވަހު އައްޑޫ ސިޓީގައި ސިއްހީ ހިދުމަތްތައްދޭ މަރުކަޒުތަކުގައި "ވިނަވި" ބޭނުންކުރާ ގޮތާއި، ހިދުމަތްދިނުމުގައި ދިމާވާ މައްސަލަތައް ބަލައި ހައްލު ކުރުމަށްޓަކައި އާސައްދަ ކުންފުނީގެ ހާއްސަ ޓީމު ޒިޔާރަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި މި ހިނގާ 2019 ވަނަ އަހަރު ނިމިގެން ދިޔުމުގެ ކުރިން މުޅި ދިވެހި ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކެއްގައި ވިނަވި ޕޯޓަލް ބޭނުން ކުރަންފެށިގެން ދިޔުންވާނީ ރައްޔިތުންނަށް އިތުރު މަންފާކުރަވަނި އަދި ދެމެހެއްޓެނެވި އިޖްތިމާއީ ސިއްހީ އިންޝުއަރެންސް ނިޒާމެއް ހިންގުމަށް އެޅޭ ވަރަށް މުހިއްމު އަދި އަސާސީ ބިންގަލަކަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް