Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 17:33
މަޖިލީހުގެ ޖުޑީޝިއަރޠ ކޮމިޓީ
މަޖިލީހުގެ ޖުޑީޝިއަރޠ ކޮމިޓީ
ޝުއައިބް މުހައްމަދު އިގްބާލް
ޖުޑީޝިއަރީ ކޮމިޓީ
މައުލޫމާތު ސާފުކުރުމަށްފަހު ޖުޑީޝިއަރީ ކޮމިޓީއަށް ޖޭއެސްސީ ހާޒިރު ކުރަނީ
ހުށަހަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް
މިގޮތަށް ކޮމިޓީއިން ނިންމާފައިވަނީ ދައުލަތުގެ މުދަލަށް ޚިޔާނާތްތެރި ވުމާއި، ލިޔެކިޔުންތައް ފޯޖު ކުރި މައްސަލައެއްގައި އެޅި ފިޔަވަޅާއި ގުޅިގެން

ރ. އިންނަމާދު މެޖިސްޓްރޭޓްގެ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅުއެޅުމަށް ގެންގުޅޭ އުސޫލާއި މެދު މައުލޫމާތު ސާފު ކުރުމަށް ލިޔެކިޔުމުން ހުށަހަޅާ، އިތުރަށް ހޯދަން ޖެހޭ މައުލޫމާތެއް ވާނަމަ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް އެ ކޮމިޝަން ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މި ހުށަހެޅުން ހޯމަ ދުވަހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުހުމޫދް ހުށަހަޅުއްވާފައިވާއިރު ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒެވެ.

ޖޭއެސްސީ އިން މައްސަލަ ބެލުމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާތްތައް ފުރިހަމަ ކޮށްފައިވާކަމަށް ފާހަގަ ކުރެއްވި ނަމަވެސް މިފަދަ ބޮޑެތި ކަންތައްތަކުގައި ނަސޭހަތް ދިނުމާއި ސަސްޕެންޑް ކުރުމަށާއި ފިޔަވަޅު އެޅުމަށް ގެންގުޅޭ އުސޫލުތައް ފުރަތަމަ ލިޔެކިޔުމުން ހޯދުމަށް ފަހު ކޮމިޓީއަށް ޖޭއެސްސީގެ މެމްބަރުން ހާޒިރު ކުރަން ފެނިއްޖެނަމަ ހާޒިރު ކުރުމަށް މެމްބަރުން ވަނީ ހުށަހަޅުއްވާފައެވެ.

ރ. އިންނަމާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އަލީ ނަޝީދު ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމާއި، ލިޔެކިޔުންތައް ފޯޖު ކުރި މައްސަލައެއްގައި އެޅި ފިޔަވަޅެއް ގޮތުގައި ނަސޭހަތް ދިނުމަށް އެ ކޮމިޝަނުން ނިންމުމާއި ގުޅިގެން ކޮމިޓީގެ މެމްބަރުން ވަނީ މި ފިޔަވަޅު އެޅުނީ ކޮން އުސޫލަކުންތޯ ސުވާލު އުފައްދާފައެވެ.

Advertisement

މެޖިސްޓްރޭޓު އަލީ ނަޝީދާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅައިފައިވަނީ ކޯޓް ތެރޭގައި ޚަރަދު ކުރުމަށް ހުރި އިޖުރާއަތްތަކާ ޚިލާފުވި ކަމަށް ތުހުމަތުކުރެވިގެން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީނު ވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ނަޝީދުގެ މައްސަލައިގެ ތަހުގީގީ ރިޕޯޓަކީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެކުލަވާލެވުނު ރިޕޯޓެކެވެ. ތަހުގީގީ ރިޕޯޓު ކޮމިޓީއަށް ފޮނުވާފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.

1987 ވަނަ އަހަރުވެސް އަޚުލާގީ މައްސަލައަކާއި ގުޅިގެން އަލީ ނަޝީދަށް ނަސޭހަތްދީފައިވާކަން މެމްބަރުންވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް