Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 13:59
ވޯކްޝޮފްގެ ތެރެއިން
ވޯކްޝޮފްގެ ތެރެއިން
ރާއްޖެއެމްވީ
ފިކުރީ ގޮތުން ހައްދު ފަހަނަ އެޅުން ހުއްޓުވުން
ފިކުރީ ގޮތުން ހައްދު ފަހަނަ އެޅުމާއި ޓެރަރިޒަމް ހުއްޓުމަށް ވޯކްޝޮޕެއް ފަށައިފި
މިވޯކްޝޮޕްގައި 62 ފަރާތަކުން ބައިވެރިވި

ފިކުރީ ގޮތުން ހައްދު ފަހަނަ އެޅުމާއި ޓެރަރިޒަމް ހުއްޓުމަށް ޚާއްސަ ވޯކްޝޮޕެއް ފަށައިފިއެވެ.

ހޯމަ ދުވަހު އިސްލާމީ މަރުކަޒުގައި މިވޯކްޝޮޕް ފަށްޓަވައިދެއްވީ އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރެވެ.

މިއީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަ (އެންސީޓީސީ)، ނައިފް އަރަބް ޔުނިވާސިޓީ ފޮ ސެކިއުރިޓީ ސައިންސް، ޔޫއެންޑީޕީ އަދި ޖަޕާން ގަވަމަންޓް އާ ގުޅިގެން ތިން ދުވަހަށް ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

ސަރުކާރުގެ އެކި ވުޒާރާތަކުންނާއި، ކުންފުނިތަކާއި، އެކި އެންޖީއޯތަކުން، ޖުމްލަ 62 ފަރާތަކުން ވަނީ ބައިވެފައެވެ.

Advertisement

މިވޯކްޝޮޕްގައި ފިކުރީ ހައްދުފަހަނަ އަޅާ ދިޔުން ހުއްޓުވުމާއި ބައިވެރިން އެކަމަށް ހޭލުންތެރިކުރުވުމާއި، ހައްދުފަހަނައަޅާފައިވާ މީހުންގެ ސިފަތައް ދެނެގެނޭވެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ. އަދި ހައްދު ފަހަނަ އަޅާ ދިއުން ހުއްޓުވާނެ ގޮތްތަކާއި، އެފަދަ ފަރާތްތަކަށް ނަސޭހަތްދީ އަލުން މުޖުތަމައުއަށް ނެރޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.

ދީނީ ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ސަރުކާރުންގެ ގެންދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް