Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 13:40
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން
ރައްޔިތުންގެ މަޖިލިސް
މަޖިލިސް 2019
މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް "އޮފް ޝޯ ޕްލެޓްފޯމެއް" ގާއިމު ކުރުމުގެ ގަރާރު ބަލައިގެންފި
ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
އައިސް އާއި ތެޔޮ އަދި މަސްދޯނި ފަހަރަށް ބޭނުންވާ ސާމާނު އޮފް ޝޯ ޕްލެޓްފޯމްގައި ގާއިމްކުރުމަށް ވެސް ގަރާރުގައި ވޭ
އޮފް ޝޯ ޕްލެޓް ފޯމް ގާއިމް ކުރުމަށް ގަރާރުގައި ބުނެފައިވޭ

މަސްވެރިކަން ކުރާ ސަރަހައްދުތަކެއް ފާހަގަކޮށް "އޮފް ޝޯ ޕްލެޓްފޯމެއް" ގާއިމު ކުރުމަށް މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކޮށްފިއެވެ.

މި ގަރާރަށް 71 މެމްބަރުން ވަނީ ތާއީދު ކުރައްވާފައެވެ.

ގަރާރު އިތުރަށް ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

Advertisement

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުއެވެ. މި ގަރާރަކީ މަސްވެރިކަމާއި ބެހޭ ބިލަށް ގެންނަން ޖެހޭ ބަދަލުތަކުގެ މައިގަނޑުތަކާއި ގުޅޭ އިތުރު ބަހުސްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ހުށަހެޅުނު ގަރާރެކެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އިގްތިސާދީ މުހިއްމު ސިނާއަތެއް ކަމަށާއި، ގިނަ އަދަދެއްގެ ދިވެހިން އެ މަސައްކަތުގައި ހަރަކާތްތެރިވާ ސިނާއަތަކަށްވާއިރު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް އެ މަސައްކަތުގެ ސީދާ ނަފާ ވީހާވެސް ފުޅާ ދާއިރާއެއްގައި ދިވެހިންނަށް ހޯދައިދިނުމަކީ މި ގަރާރުގެ މަގްސަދުކަމުގައި ވަނީ ބުނެފައެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާދިނުމަށްޓަކައި ބޭރުކަނޑުގައި މަސްވެރިކަން ކުރާ މަސްވެރިން ބާނާ މަސްވިއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ މުހިއްމު ކަމަކަށްވީ ހިނދު، ރާއްޖޭގެ ރައްތަކާއި ދުރަށް ދުއްވައިގެން އާއްމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމްތަކެއް ގާއިމް ކުރުމަށް ގަރާރުގައި ވަނީ ބުނެފައެވެ.

އޮފް ޝޯ ޕްލެޓްފޯމްގައި ގާއިމް ކުރުމަށް ބުނެފައިވާ ކަންތައްތައް

  • •އައިސް އާއި ތެޔޮ އަދި މަސްދޯނި ފަހަރަށް ބޭނުންވާ ސާމާނު އެތަންތަނުން ފޯރުކޮށްދިނުން
  • •ސައި ހޮޓަލާއި މަސްވެރިންނަށް ބޭނުންވާނޭ އެހެނިހެން ހިދުމަތްތައް އެތަންތަނުން ލިބުން
  • •މަސްވެރިން ބޭނުންވާނޭ ގިނަ ހިދުމަތްތަކެއް ޕްލެޓް ފޯމުގައި ގާއިމްކުރުން
  • •ސަރުކާރާ އަމިއްލަ ފަރާތްތައް ހިއްސާވާ ކުންފުނިތަކުގެ ކަންނެލި ޖަގަހަތައް ގާއިމްކުރުން
  • •ސަރުކާރާއި ބައިވެރިވެގެން ކަންނެލި ޖަގަހަ ގާއިމް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކަން ހިންގޭނެ ގޮތަށް ހަމަޖައްސައިދިނުން

ގަރާރުގައި ހިމަނާފައިވާ ކަންތައްތައް ކުރުމަށް ކަމާއި ބެހޭ ވުޒާރާތަކަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުން އިގްރާރްވާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް