Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 12:27
މިދިޔަ އަހަރު އޮތް ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިދިޔަ އަހަރު އޮތް ޤައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ޤައުމީ އިނާމަށް ނަން ހުށަހެޅުން
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހަމަވާނެ
މިދިޔަ އަަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމް 5 ފަރާތަކަށް ވަނީ ލިބިފައި

މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި ޖުލައި މަހުގެ 31 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ހަމަވާނެއެވެ.

އިނާމަށް ނަން ހުށަހަޅުއްވާ ފަރާތްތަކުން މި މުއްދަތު ހަމަވުމުގެ ކުރިން ފޯމު ފޮނުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން އެދިފައިވާއިރު އިނާމަށް އެދި ހުށަހަޅާ ފޯމުތައް ފޮނުއްވަންޖެހެނީ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

Advertisement

މި އަހަރު ވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ހަމަޖެހިފައިވާއިރު އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތްފަދަ ތަންތަނުން ވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި އަހަރުގެ ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް