ކުޑަ ދެ ފިރިހެން ކުދިންނާ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތު ކުރެވޭ ފުލުސް މީހާ ޖުލައި މަހުގެ 28 ވަނަ ދުވަހު ހައްޔަރު ކޮށްފިއެވެ.
އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށް ފުލުސް މީޑިއާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.
ކުޑަކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގި ފުލުސް މީހާ ގެ މައްސަލަ 18 އޮކްޓޯބަރުގައި ވަނީ ހުށަހަޅާފައެވެ.
އެހެން ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއް ވެސް 27 މާޗުގައި ހުށަހަޅާފައިވާއިރު ދެ މައްސަލަ ވެސް ހުށަހެޅިއިރު އެ ފުލުސް މީހާ ހުރީ ރާއްޖެއިން ބޭރަރުގައި ކަމަށް ފުލުސް މީޑިއާ އިން ވަނީ މައުލޫމާތު ދެއްވާފައެވެ.
މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް އިން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.