Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 08:39
އެކްސިޑެންޓްވި ކާރު
އެކްސިޑެންޓްވި ކާރު
ރާއްޖެއެމްވީ
އެކްސިޑެންޓް
ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެގޮސް އެކްސިޑެންޓެއް ހިނގައިފި
ފޯޑް މަރުކައިގެ މަސްޓޭންގެ ކާރެއް
ހާދިސާ ހިނގީ އެކެއް ޖެހިއިރު

ފޯޑް މަރުކާގެ މަސްޓޭންގް ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ހުޅުމާލެ ސްޓެލްކޯ ފާރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހު ދަންވަރު އެކެއް ޖެހިއިރެވެ. މަންޒަރު ދުށް މީހަކު ރާއްޖެ.އެމްވީ އަށް ބުނީ، ކާރު ދުއްވާފައި ދިޔައީ ވަރަށް ބާރު ސްޕީޑުގައި ކަމަށެެވެ.

Advertisement

ކާރުގައި ތިބި މީހުންނަށް އަނިޔާވެފައިވާ ކަމަށް އޭނާ ބުންޏެވެ. އެމީހުންނަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ނޭނގެއެވެ. އެކަމާއި ގުޅޭ ގޮތުން ފުލުހުންނަށް ގުޅާލުމުން މީޑިއާ އޮފިސަރު ފޯނަށް ޖަވާބު ނުދޭތީ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާފައިވާއިރު ފުލުހުންގެ ރިކޯޑުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ ހަފްތާގައި މާލޭ ސަރައްހައްދުގައި 50 އެކްސިޑެންޓް ވަނީ ހިނގާފައެވެ. ސިނަމާލެ ބްރިޖް ހުޅުވާލުމަށް ފަހު ބްރިޖް މަތީގައި އެކްސްޑެންޓްތައް ހިނގާ އަދަދު ވަނީ އިތުރުވެފައެވެ. އެކްސިޑެންޓްތައް މަދުކުރުމުގެ ގޮތުން ފުލުހުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކާއި ގުޅިގެން ދަނީ އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް