Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 01:15
ގަރސްޓެލް ބިއަރު ދަޅެއް
ގަރސްޓެލް ބިއަރު ދަޅެއް
ގެޓީ އިމޭޖަސް
ގަރސްޓެލް ބިޔަރު
ގަރސްޓެލް ބިއަރުގައި ގައި ބަނގު އާވި ހިމެނޭ!
ގަރސްޓެލްގައި 0.3 އިންސައްތަ ބިޔަރު އެކުލެވޭ
އެންމެ ފުރަތަމަ ރާއްޖެއަށް އެތެރެކޮށްފައިވަނީ 2017 ވަނަ އަހަރު
މިހާރު މި ބިޔަރު ބާޒާރުން ނެގުމުގެ މަސައްކަތް ދަނީ ކުރަމުން

ރާއްޖޭގެ މާކެޓުގައި މިހާރު ވިއްކަމުން އަންނަ ޖަރުމަނުގެ އުފެއްދުމެއް ކަމުގައިވާ ގަރސްޓެލް ބިއަރުގައި ބަނގު އާވި ހިމެނޭ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ މިހާރު އެ ދަޅުތައް ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަމާއި ގުޅިގެން ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ، ގަރސްޓެލް ބުއިމުގައި ބަނގު އާވި ހިމެނޭ ކަމަށް ކަސްޓަމްސްގެ އިންޓެލެޖެންސަށް ޝައްކު ކުރެވިގެން މިދިޔަ މަހުން ފެށިގެން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.

ތަހުގީގާ ގުޅިގެން ލެބޯޓްރީއަށް ތަހުލީލުކުރަން ފޮނުވައިގެން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ތަހުލީލުތަކުގެ ނަތީއްޖާ ލިބުނު އިރު، އެ ބުއިމުގައި 0.3 ޕަސަންޓުގެ ބަނގު އާވި ހިމެނޭ ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށް ކަސްޓަމްސްގެ ބަޔާނުގައި ވެއެވެ. ކަސްޓަމްސް އިން ބުނީ ބަނގު އާވި ހުރިކަން ސާބުތުވެފައި ވަނީ މި ޖުލައި މަހުގެ 21 ގައި ކަމަށެވެ.

Advertisement

ކަސްޓަމްސް އިން ބުނީ، އެ ބުއިމުގެ ޝިޕްމަންޓެއް އެންމެ ފަހުން ރާއްޖެ އެތެރެކޮށްފައިވަނީ، މިިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ކަމަށެވެ. އަދި މި މައްސަލަ ބަލަަމުން ދިޔަ އިރު، މިމަހު 17 ވަނަ ދުވަހު އެފަދަ ބުއިމުގެ ޝިޕްމަންޓެއް އައުމުން ހިފަހައްޓާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

ކަސްޓަމްސް އިން ވަނީ ކުރިއަށްއޮތް ތަނުގައި މިފަދަ މައްސަލަތައް ތަކުރާރު ނުވާނޭކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

މި ބިޔަރަކީ "ނަން އަލްކޮހޯލިކް" ބުއިމެއްގެ ގޮތުގައި ރާއްޖެއަށް އެތެރެކޮށްފައިވާ ބިޔަރެކެވެ. އެންމެ ފުރަތަމަ ރާއްޖެއަށް މި ބުއިން ގެނެސްފައިވަނީ 2017 ވަނަ އަހަރުގައެވެ.

Advertisement

Advertisement
- ކޮމެންޓް
29 ޖުލައި 2019 | ހޯމަ 09:38
އައްޔުބެ
މިކަންވެސް ފަޅާއަރުވާލީ އުމަރު ނަސީރު