Advertisement
ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 21:14
ދިދަަ އާއި ހަވާލުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދިދަަ އާއި ހަވާލުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސޯޝަލް މީޑިއާ
އައިއޯއައިޖީ
އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މިނިސްޓަރ މަހްލޫފް މުބާރާތުގެ ދިދައާއި ހަވާލުވެވަޑައިގެންފި
ރާއްޖެއަކީ މި މުބާރާތުގެ ފައުންޑިގް މެމްބަރ ގައުމެއް

އިންޑިއާ ކަނޑުގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު މުބާރާތް ކަމަށްވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މިނިސްޓަރ މަހްލޫފް ރަސްމީ ގޮތުން މުބާރާތުގެ ދިދަ އާއި ހަވާލުވެވަޑައިގެން މުބާރާތް ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާނެކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

މުބާރާތް އިއުލާން ކުރައްވަމުން މިނިސްޓަރ މަހްލޫފް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން އިންޑިއާ ކަނޑުގެ ގައުމުތަކުގެ ޒުވާނުންއަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 11 ވަނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.

އައިއޯއައިޖީގެ ކައުންސިލުން ނެގި ވޯޓުގައި ރާއްޖެ 4 ވޯޓުން ބިޑް ކާމިޔާބުކޮށްފައިވާއިރު ކޮމޯރަސް އަދި މަޑަގަސްކަރައަށް ލިބިފައިވަނީ އެއް ވޯޓެވެ.

Advertisement

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް، ހުށަހަޅަންޖެހޭ ބިޑް ރަސްމީކޮށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދް މަހުލޫފް ހުށަހަޅުއްވާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މި މުބާރާތް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދެއްވާފައެވެ. އެގޮތުން ރައީސްގެ މަންދޫބުންގެ ގޮތުގައި ޖުލައި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުރުން ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހުލޫފް ވަނީ

މުބާރާތުގައި ވާދަކުރާ ގައުމުތަކަށް ގޮސް އެ ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ، އެ ގައުމުތަކުގެ ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް