Advertisement
ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 14:38
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އިންތިޚާބުގެ ނަތީޖާ އަދިވެސް ގަބޫލު ނުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވުން އީސީ ޝަރީފަށްވީ ކުރުވާހަކަ އަކަށް
އެއީ ކުރު ވާހަކަ މުބާރާތުގައި ބައިވެރި ކުރަން ރަނގަޅު ވާހަކައެއް ކަމަށް ވިދާޅުވި
ރިޔާސީ އިންތިޚާބު ނިމުނު އިރު ވެސް އެ ހަނދުކޭތަ ނުފިލާ ކަމަށް ވިދާޅުވި
ސުޕްރީމް ކޯޓަށް ހުށައެޅުއްވި ޝަކުވާތަކުގެ ތަހުގީގު ކުރިއަށް ނުދިޔައީ މުއައްސަސާތަކުގައި އެމަނިކުފާނުގެ ބާރު ނެތުމުން ކަމަށް ވިދާޅުވި

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަދިވެސް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން އެއީ ކުރު ވާހަކަ މުބާރާތުގައި ބައިވެރި ކުރަން ރަނގަޅު ވާހަކައެއް ކަމަށް އިލެކްޝަންސް ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ދަ ޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ "ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ބަލި ގަބޫލުފުޅު ކުރައްވަން ދަތިފުޅު ކަމަށާއި، ކަންކަން ހިނގައި ދިޔަ ގޮތުން ރިޔާސީ އިންތިހާބުގެ ނަތީޖާވެސް ގަބޫލުފުޅު ކުރައްވަން ދަތިފުޅު" ކަމަށެވެ.

Advertisement

އަޅުގަނޑުމެން ސުޕްރީމް ކޯޓަށް އެހާ ލަހުން މައްސަލަ ވައްދަން ޖެހުނީ ކޮމްޕްލެއިންސް ބިއުރޯއަކީ ގުޅިގެން ދިމާވި ކަންތައްތަކުން. އަޅުގަނޑުމެންނަށް ފަހުން މައުލޫމާތުލިބުނީ ކޮމްޕްލެއިންސް ބިއުރޯ ޖަމާލުއްދީންގައި ހުރެފައި ވޯޓުލާން އޮތްރޭ ނޫން ކުރީ ރޭ އެތަން ދަރުބާރުގެއަށް ބަދަލުވިކަން. ދަރުބާރުގެއަށް ބަދަލުވި އިރު، އެތަނުގައި ފެކްސްލައިނެއް ނެތް، އީމެއިލްއެއް ނެތް. ފޮޓޯކޮޕީމެޝިނަކާ އެއްޗެހި ހުރީ، ފިކްސްޑް އޮންލައިނެއް ނެތް. އެހެންވީމަ ރަށްރަށުންނާއި މާލެއިން ރައްޔިތުންނަށް ޝަކުވާ ކުރެވޭނެ ގޮތެއް ނެތް. އެކަން އަޅުގަނޑުމެންނަށް ނޭނގޭ ވޯޓު ނަގަމުން ދިޔައިރު ވެސް. އެއީ ވޯޓު އިންތިޒާމް ކުރާ މީހުން ކަން ކުރަން ވާނެ ގޮތެއް ނޫން
ރައީސް ޔާމީން ދަ ޕްރެސްއަށް ދެއްވި އިންޓަވިއު

ރައީސް ޔާމީން އެގޮތަށް ވިދާޅުވުމުން ޝަރީފު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކުރު ވާހަކަ މުބާރާތެއްގައި ބައިވެރި ކުރަން ރަނގަޅު ވާހަކައެއް ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ ރައީސް ޔާމީނު ބޭނުންފުޅުވި ގޮތަށް ބަދަލުނުވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް އިންތިޚާބު އޮޅުވާލި ކަމަށް ބުނެ އެތައް ތުހުމަތުތަކެއް ޕީޕީއެމުން އޭރު ކޮށްފައި ވެއެވެ.

ޝަރީފުގެ އެ ޓްވީޓަށް ކޮމެންޓް ކުރައްވަމުން އީސީގެ މެމްބަރު އަދި ތަރުޖަމާނު ވިދާޅުވީ ސިޔާސީ މަންފާ ހޯދުމަށް އިލެކްޝަންސް ކޮމިޝަން ބަދުނާމުވާ ގޮތަށް ބުހުތާނު ދޮގު ހެދުމީ ހިތާމަވެރި ކަމެއް ކަމަށެވެ.

ޕީޕީއެމް އާއި ޕީއެންސީން އިންތިޒާމު ކޮށްގެން ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް މިމަހުގެ ފަސްވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފެބްރުއަރީ މަހުގެ 1 ގައި ނެރުނު އަމުރަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ފެބްރުއަރީ 1 ވަނަ ދުވަހުގެ އަމުރަކީ ހިފި ހަނދުކޭތައެއް ކަމަށެވެ. ހަނދުކޭތައެއް ކަމަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބު ނިމުނު އިރު ވެސް އެ ހަނދުކޭތަ ނުފިލާ ކަމަށާއި އިންތިޚާބާއި ބެހޭ ގޮތުން ސުޕްރީމް ކޯޓަށް ހުށައެޅުއްވި ޝަކުވާތަކުގެ ތަހުގީގު ކުރިއަށް ނުދިޔައީ މުއައްސަސާތަކުގައި އެމަނިކުފާނުގެ ބާރު ނެތުމުން ކަމަށެވެ. އަދި އެކަން ތަހުގީގު ނުކޮށް ފުލުހުންގެ އިދާރާއަށް ހުށައެޅި މައްސަލަތަކުގެ ކަރުދާސް ވެސް ނައްތާލި ކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ކިހިނެތްތޯ ވީ. މިދެންނެވި ގޮތަށް ހަނދުކޭތަ ހިފައިގެން ހަނދުކޭތަ ނުފިލައި ދިޔައީ ރިޔާސީ އިންތިޚާބު ނިމުނު އިރު ވެސް. ހުރިހާ މުއައްސަސާ ވެސް ކަތުރުފަނިއަޅާ ހުސްވީ. ގައިމު އިންތިޚާބު ނިމިގެން ދިޔައިރު އެތައް ބަޔަކު މައްސަލަތައް ހުށައަޅަމުން ދިޔަ އަޅުގަނޑުމެންގެ ފަރާތުން މައްސަލަތައް ހުށައަޅަމުން ދިޔަ. އަދި ސުޕްރީމް ކޯޓުން ނެރުނު އަމުރުން އަޅުގަނޑުމެންނަށް ބާރު ލިބިގެންދިޔަ ތަހުގީގު ކުރަން. ފުލުހުންގެ މުއައްސަސާއެއީ އެންމެ އިސް މުއައްސަސާ މިކަހަލަ މައްސަލަތައް ތަހުގީގު ކުރަން އޮންނަ، ތަހުގީގު ފެށިތަނާ ދެން ކިހިނެތްތޯ ވީ. ހުރިހާ ކަރުދާސްތައް ނައްތާލީ ނޫންތޯ.

ނިމިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ރައީސް ޔާމީން ގަބޫލުކުރެއްވުމަށް ފަހު ނަތީޖާ ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ވޯޓު ކަރުދާހުގައި ކެމިކަލެއް ބޭނުންކޮށްފައި ހުރުމުން ފާހަގަ ފޮހެވިގެން ދާ މައްސަލަ އާއި ފާހަގަ ޖަހާ އަނގޮޓި އާއި ދެލި ފޮހެވިގެންދާ ގަލަމުގެ މައްސަލައެވެ. އެ މައްސަލަތަކަށް ބެލުމަށް ފަހު ސުޕްރީމް ކޯޓުން ކަނޑައެޅީ އިންތިޚާބު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އިންތިޚާބުގެ ނަތީޖާ އައިގޮތުން އީސީގެ މުއައްޒަފުންނާއި މެމްބަރުންނަށް ވަކި ގޮތަކަށް ވޯޓު ބަދަލު ކުރުމަށް ބިރު ދައްކާފައިވާ ކަމަށް އީސީއިން އޭރު ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާގައިވާ ގޮތުން ކުރީގެ ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. މިހާރުގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
28 ޖުލައި 2019 | އާދީއްތަ 19:03
މާވަޑި ފަލާހް
މަނިކުފާނަށް ނޭގުނަސް މަނިކުފާނުގެ ވަށައިގެން އެނބުރުނު ދެތިންމީހަކު ވަނީ މަނިކުފާނަށް ވަރަށްބޮޑަށް އޮޅުވާލާފައި. ސިވިލް ސާވިސް މުއްްޒަފުންނާ، ކުންފުނިތަކާ، ރިސޯޓްތަކާ ވިޔަފާރިވެރިންނަށާ މަސްވެރިންނާ އޮޑިވެރިންނަށް ބިރުދައްކައި އެމީހުންނާ އެމީހުންގެ އާއިލާތައް މަނިކުފާނު ވަޑައިގަންނަވާ ކޮންމެރަށަކުން މަޖުބޫރުކުރުވައިގެން ބަނދަރަށް މަރުހަބާ ދެއްނެވުމަށް ނެރެފައި. ކުރިންބުނެވުނު ދެތިންމީހުން މަނިކުފާނު އަތުން ބައިވަރުފައިސާ ކެމްޕެއިނަށޭކިޔާފައި ވަނީނަގާފައި، މިހެންކަމުން މިމީހުންނަށް މަނިކުފާނު ވަޑައިގަންނަވާއިރަށް ބޮޑުކުރައުޑެއް ނުދެއްކިއްޖެނަމަ މަނިކުފާނު ރުޅިދުރުވެދާނެތީ ބިރުދައްކައިގެން މީހުންނެރުނީ، ކެމްޕެއިން ފައިސާތައް މިމީހުން ބޭނުންކުރީ އަމިއްލަބޭނުމަށް. މީވީގޮތަކީ އަޅުގަޑަކީ ޕީޕީއެމްގެ މެމްބަރެއް ވަރަށްގާތުން މިކަންތައްތައް ދެކުނުމީހެއް. މިކަމުގެ އަޑީގައިތިބީ މަންމާފުޅު އަދުރޭ، ނިހާނު، އާރިފް، ހަލީލް، ސާޑް، މުއިއްޒް، ސައިނީ، ބޮޗޭ، ނިމާލް
28 ޖުލައި 2019 | އާދީއްތަ 16:19
ވަގުނީމަން
ހެހެހެ ހަސަނަށް ހީވާނެ އެންމެންވެސް ކުރާނީ ވައްކަމޭ..... ވީނޯ...
28 ޖުލައި 2019 | އާދީއްތަ 16:16
އަހްމަދު
ތިޔަ ކެނޑެނީ ކޯޓްގެ ހުރުމަތެއް ނޫންބާ.
28 ޖުލައި 2019 | އާދީއްތަ 15:48
ޖޭމްސް
ފެކްސް ނެތް ވާހަކަ ދެއްކީމަ ހާދަ ހެވެއޭ.. ދައުލަތުގެ ހުރިހާ އިދާރާއެއްގައި ބޭނުންކުރަމުން ދިޔަ ފެކްސް މެޝިންތައް ކަނޑާލުމަށް ރައީސް ޔާމީނުގެ އެންގުމަށް، ފިނޭންސް މިނިސްޓްރީ އިން އޭރު ދައުލަތުގެ ހުރިހާ މުއްސަސާއަކަށް އެންގީ.. ފެކްސް މެޝިން ގެންގުޅުނު ތަނަކުން ގެންގުޅެފައިވަނީ އެ އެންގުމާ ޚިލާފަށް.. އެކަން ރައީސް ޔާމީނަށް ނޭނގެންޏާ އެއީ މައްސަލައެއްނު..