Advertisement
ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 13:16
ބީއެމްއެލް ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް
ބީއެމްއެލް ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް
މަޖިލިސް
ބީއެމްއެލް
ޝަރީފް މައްސަލައިގެ ތަހްގީގު ދަނީ ކުރިއަށް: ފުލުހުން
އިތުރު މައުލޫމާތު ހިއްސާކުރެވޭ މިންވަރަކުން ހިއްސާ ކުރާނެ ކަމަށް
ޝަރީފް މައްސަލަ ފުލުހަށް ފޮނުވާނެ ކަމަށް މަޖިލީހުން ބުނެފައިވަނީ 23 ޖުލައިގައި
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ސުވާލުކުރުމަށް ކޮމިޓީއަށް ބީއެމްއެލް ހާޒިރުކޮށްފައިވަނީ 16 ޖުލައިގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދެއްވި މައްސަލައިގެ ތަހްގީގު ކުރިއަށް ދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ޝަރީފްގެ މައްސަލައިގައި ހާމަކުރެވެން އޮތް ހަމައެކަނި މައުލޫމާތަކީ، މައްސަލައިގެ ތަހްގީގު ކުރިއަށްދާ ކަން އެކަނި ކަމަށެވެ. އިތުރު މައުލޫމާތު ހިއްސާކުރެވޭ މިންވަރަކުން ހިއްސާ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

މާލިއްޔަތު ކޮމިޓީއަށް، ޝަރީފް ސައްހަ ނޫން މައުލޫމާތު ދެއްވި މައްސަލަ ތަހްގީގުކޮށް ދިނުމަށް ފުލުހުންގެ އިދާރާއަށް ފޮނުވަން ނިންމާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ 23 ޖުލައިގައި އޮތް، މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.

އެމްއެމްޕީއާރްސީގެ 1.3 މިލިޔަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ މާލިއްޔަތު ކޮމިޓީން އަންނަނީ ބަލަމުންނެވެ. އަދި މި ކަމާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް އަންނަނީ ސުވާލު ކުރަމުންނެވެ. އެގޮތުން 16 ޖުލައިގައި އޮތް ކޮމިޓީގެ ބައްދަލުވުމަށް ބީއެމްއެލް ހާޒިރުކޮށް އެސްއޯއެފްގެ އެކައުންޓަށް " ނޮން ނެގޯޝިއެބަލް" ޖަހާފައިވާ ޗެކްތަކެއް، ބޭންކްއިން ޖަމާކޮށްދިންތޯ މެމްބަރަކު ސުވާލުކުރެއްވުމުން ،ޝަރީފް ވިދާޅުވެފައިވަނީ "ނޮން ނެގޯޝިއެބަލް" ޖަހާފައިވާ ޗެކްތަކެއް އެސްއޯއެފްގެ އެކައުންޓަށް ބޭންކްއިން ޖަމާކޮށްދީފައިނުވާ ކަމަށެވެ.

Advertisement

2014 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން 2015 އޮކްޓޯބަރުމަހުގެ ނިޔަލަށް "ނޮން ނެގޯޝިއެބަލް" ޖަހާފައިވަނިކޮށް އެންޑޯސް ކޮށްގެން ޖަމާކޮށްފައިވާ 6 ޗެކެއްގެ ތަފްސީލް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. ބޭންކުން ވަނީ ހަތް މިލިޔަން ދެލައްކަ ފަންސާސްހާސް ޑޮލަރު، ދިވެހި ފައިސާއިން ނަމަ ( ސަތޭކަ އެގާރަ މިލިޔަން ރުފިޔާ) ގެ "ނޮން ނެގޯޝިއެބަލް" ޖަހާފައިވާ، އެކި ބޭންކްތަކުގެ 6 ޗެކެއް އެސްއޯއެފް އެކައުންޓަށް ޖަމާކޮށްދީފައެވެ. މި ޗެކްތަކަކީ ބީއެމްއެލް ނޫން އެހެން ބޭންކުތަކުގެ ޗެކްތަކެކެވެ. ބީއެމްއެލްއިން "ނޮން ނެގޯޝިއެބަލް" ޖަހާފައި ވަނިކޮށް ޖަމާކޮށްފައިވަނީ މަލްޓިނޭޝަނަލް ބޭންކްއަކާއި ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ އިންޓަރނޭޝަނަލް ބޭންކެއްގެ ބްރާންޗެއްގެ ޗެކްތަކެކެވެ.

މި ކަމާއި ގުޅިގެން ބީއެމްއެލް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބޭންކްއިން މަޖިލީހަށް ފޯރުކޮށްދީފައިވަނީ ސައްހަ ތެދު މައުލޫމާތު ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ ހ ގައި ބަޔާންވެގެންވަނީ ކޮންމެ މީހަކަށްމެ ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ލިބިގެންވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާއި ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެގި ހުރި އެންމެ ރަނގަޅަށް ތެދު ބަހުން ޖަވާބުދޭންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ވެސް ހަމަ މިހެން ތަކުރާރުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް