Advertisement
ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 12:12
ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު.  ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނާ މައްސަލައެއް ސުޕްރީމް ކޯޓަށް ވަނީ ހުށައަޅާފައި
ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު. ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނާ މައްސަލައެއް ސުޕްރީމް ކޯޓަށް ވަނީ ހުށައަޅާފައި
ވީޑިއޯ ސްކްރީން ޝޮޓް
ސުޕްރީމް ކޯޓު
ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނާ މައްސަލައެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް
އެމައްސަލަ ހުށައަޅާފައިވަނީ މިދިޔަ ހަފްތާގައި
ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ބޭއްވި ޝަރީއަތުގައި ދައުލަތުގެ ވަކީލާ އިތުރުފުޅު ހައްދަވާފައިވާ ކަމަށް ބުނެފައިވޭ
އެފަދަ ކަމެއް ކުރައްވަން މަސައްކަތް ކުރެއްވި ކަމުގެ ހެއްކެއް ނެތް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށް ވަނީ ބުނެފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުގެ ފަރާތުން އެމަނިކުފާނާއި ދެކޮޅަށް ވަކާލާތު ކުރައްވާ ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނާ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ދައުލަތުގެ ވަކީލާއާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށައެޅި އެމައްސަލައިގައި ބުނެފައިވަނީ އެމަނިކުފާނުގެ މަނީލޯންޑަރިންގެ ޝަރީއަތް ފެށުމުގެ ކުރިން ހެއްކަށް ނުފޫޒުފޯރުވާނެ ކަމަށް ބެލެވޭ ކަމަށް ބުނެ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނު ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެމަނިކުފާނު އެފަދަ ކަމެއް ކުރައްވަން މަސައްކަތް ކުރެއްވި ކަމުގެ ހެއްކެއް ނެތް ކަމަށް ހައިކޯޓުން ކުރި ހުކުމުން އެނގޭ ކަމަށް ވަނީ ބުނެފައެވެ. އެހެން ކަމުން އެއީ ދައުލަތުގެ ވަކީލާ އައިޝާ ހެއްދެވި އިތުރު ފުޅެއް ކަމަށާއި އެއީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް ބެލެވޭ ކަމަށެވެ.

މަނީ ލޯންޑަރިން މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވި ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރުމުން ޔާމީން ބަންދުގައި ބެހެއްޓެން ނެތް ކަމަށް މިއަހަރުގެ މާޗް މަހުގެ 28 ގައި ހައި ކޯޓުން ހުކުމްކުރީ އެ މަނިކުފާނު ހައްޔަރު ކޮށްފައިވާ މައްސަލަ ބެލުމަށް އެކުލަވައިލި ބެންޗު ބަދަލުކުރުމަށް ފަހުއެވެ.

ދައުލަތުން ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

­ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު އެންމެ ފަހުން ޝަރީއަތެއް ބާއްވާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

Advertisement

ދައުލަތުގެ ވަކީލާ އައިޝާ އިތުރުފުޅު ހެއްދެވިކަމަށް ބުނެ އެއީ ކޯޓުގެ ހުރުމަތް ކަނޑާލުންކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވާއިރު އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ރައީސް ޔާމީން އިތުރުފުޅު ހެއްދެވިކަން ވަނީ ހާމަ ވެފައެވެ.

އެ ދުވަހުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފްގެ ފައިސާ ޖަމާވިއިރު ވެސް އެކައުންޓުގައި ތިން ހަތަރު މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވި ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ)އިން އާންމު ކޮށްފައިވާ ރިޕޯޓްގައިވާ ގޮތުގައި އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރު އެކައުންޓު ހުޅުވާފައި ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއިން ފައިސާ ޖަމާކުރުމުގެ 6 ދުވަސް ކުރިންކަން ވަނީ ހާމަ ވެފައެވެ.

އޭސީސީއިން އާންމު ކޮށްފައިވާ ރިޕޯޓުން އެނގޭ ގޮތުގައި އެމަނިކުފާނުގެ ޑޮލަރު އެކައުންޓް ހުޅުވުމަށް ޖަމާކޮށްފައިވާ 250 ޑޮލަރު ފިޔަވައި ދެން އެކައުންޓަށް ޖަމާކޮށްފައި ވަނީ އެސްއޯއެފުން ޖަމާކޮށްފައިވާ އެއްމިލިއަން އެމެރިކާ ޑޮލަރު އެކަންޏެވެ. އޭގެ ކުރިން ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުން ހުޅުވާފައިވާ އެ ކައުންޓަށް އެއްވެސް ފައިސާއެއް ޖަމާވެފައި ނުވާކަން އޭސީސީއިން ޔަގީން ކޮށްދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
28 ޖުލައި 2019 | އާދީއްތަ 16:14
އަހްމަދު
މި ކިޔާލުމުން އެނގެނީ ކޯޓްގެ ޙުރްމަތް ކަނޑާލީ ހައިކޯޓުން ކަން، އެހެނީ ކޯޓުގެ އިންސާފުވެރި ނިންމުން ރަނގަޅު ނޫން ކަމަށް ނިންމީ ހައިކޯޓުން ކަމަށް ވަނީ.