Advertisement
ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 08:42
ދީމާ
ދީމާ
އެމްއޯސީ
އައިއޯއައިޖީ 2019
އައިއޯއައިޖީ 2019: ރާއްޖެއަށް ހޯދައިދިން ތިން ރަން މެޑައްޔާއެކު، ނިމުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލާނީ ދީމާ
ދީމާ ވެގެންދާނީ ރާއްޖޭގެ ދިދަ އުފުލާނެ އެންމެ ހަގު ކުޅުންތެރިޔާ އަށް
ދީމާ ވަނީ ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދީފައި

މޮރިޝަސްގައި ކުރިޔަށް ދިޔަ ދިހަވަނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލާނެ އެތްލީޓަކަށް ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިން ފާތިމަތު ދީމާ ހަމަޖައްސައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި މެޑަލް ޕާޓީގައި ދިދަ އުފުލާނެ އެތްލީޓަކީ ދީމާ ކަން އިއުލާންކޮށް ދީމާއަށް ރާއްޖޭގެ ދިދަ ވަނީ ހަވާލު ކޮށްފައެވެ. ދިދަ ހަވާލުކުރެއްވީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފެވެ.

އައިއޯއައިޖީ 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލީ ބާސްކެޓް ބޯޅަ ކުޅުންތެރިޔާ އަހުމަދު ޒަބީރެވެ.

ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްތަކުން ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާއަށް ދީމާ ވެފައިވާއިރު، ދީމާ ވެގެންދާނީ ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ލިބުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

Advertisement

ދީމާ ވަނީ މިއަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖެއަށް ތިން ރަން މެޑަލް ކާމިޔާބު ކޮށްދީފައެވެ. ވިމެންސް ޓީމް އިވެންޓްގެ ރަން މެޑައްޔާއި ވިމެންސް ޑަބަލްސްގެ ރަންމެޑަލްގެ އިތުރުން ދީމާ ވަނީ ވިމެންސް ސިންގަލްގެ ރަން މެޑަލް ހޯދައިފައެވެ. މިއާއިއެކު ދީމާ ވެފައިވަނީ އައިއޯއައިޖީގައި ރާއްޖެއަށް އެންމެ ގިނަ ރަންމެޑަލް ހޯދައިދިން ކުޅުންތެރިޔާއަށެވެ.

އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގޭމްސް ނިންމުމުގެ ރަސްމިއްޔާތުގައި 2023 ވަނަ އަހަރު ގޭމްސް ބާއްވާނެ ގައުމުގެ ގޮތުން ޔޫތް މިނިސްޓަރ މަހުލޫފާއި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް ފެޑެރޭޝަންގެ ދިދަ ހަވާލުކުރާނެއެވެ.

ރާއްޖޭގެ ކޮންޓިޖެންޓް ޖުލައި މަހު 29 ގައި ރާއްޖެ އަންނަ އިރު އައިއޯއައިޖީއަށް ކަނޑައެޅި ޓާރގެޓް އަށް ވަނީ ވާސިލްވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް