Advertisement
ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 19:43
މިނިވަން ދުވަހުގެ ޕެރޭޑް
މިނިވަން ދުވަހުގެ ޕެރޭޑް
ރާއްޖެއެމްވީ
މިނިވަން ދުވަސް
މިނިވަން ދުވަހުގެ މުނާސަބަތުގައި ޕެރޭޑް ބާއްވައިފި
މި ޕެރޭޑްގައި ދިވެހި ސިފައިންގެ އިތުރުން ގިނަ ސްކޫލްތަކަކުން ވަނީ ބައިވެރިވެފައެ

54 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިއިން ހޮނިހިރު ދުވަހު ހަވީރު ވަނީ ޕެރޭޑް ބާއްވާފައެވެ.

މި ޕެރޭޑްގައި ދިވެހި ސިފައިންގެ އިތުރުން ގިނަ ސްކޫލްތަކަކުން ވަނީ ބައިވެރިވެފައެވެ.

ޕެރޭޑްގައި ބައިވެރިވި ސްކޫލްތަކުގެ ތެރޭގައި އިސްކަންދަރު ސްކޫލާއި، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، އިމާދުއްދީން ސްކޫލާއި، ހިރިޔާ ސްކޫލް ތާޖއްޑީން ސްކޫލް.، މަޖީދިއްޔާ ސްކޫލް، ޖަމާލުއްދީން ސްކޫލް، ޤާޒީ ސްކޫލް، ކަލާފާން ސްކޫލް، ދަރުމަވަންތަ ސްކޫލް، މުހިއްޔުންދީން ސްކޫލް، ރެހެންދި ސްކޫލް، ހުރަވީ ސްކޫލްގެ އިތުރުން އަމީނިއްޔާ ސްކޫލް ވަނީ ބައިވެރިވެފައެވެ.

ހުރިހާ ޕެރޭޑްތައްވެސް ވަނީ ރައީސުލް ޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ މުލިއާގެ ސަރަހަށް މަޑުކޮށް ރައީސް އަށް ރައީސް އަށް ރިޕޯޓް ކޮށްފައެވެ.

Advertisement

މި ޕެރޭޑް ބައލަވައިލެއްވުމަށްޓަކައި ރައީސްގެ ދެކަނބަލުން ވަނީ މުލިއާގެ ކުރިމައްޗަށް ނުކުމެ ވަޑައިގެންފައެވެ.

މާލޭގެ މަގުތަކުގައި ކުރިއަށް ދިޔަ މި ޕެރޭޑް ބެލުމަށްޓަކައި ގިނަ އަދަދެއގެ ބޮޑެތި މީހުންނާއި ތުއްތު ކުދިން ވަނީ އެސަރަހައްދަށް ގޮސްފައެވެ.

މި ޕެރޭޑްބަލަން ދިޔަ ތުއްތު ކުދިން ބުނެފައިވަނީ މިނިވަން ދުވަހާއި ގުޅިގެން މި ފަދަ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާތީ ވަރަށް އުފާވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް