Advertisement
ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 14:44
ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް ޝައިހް އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް ޝައިހް އިމްރާން އަބްދުﷲ
މަޖިލިސް
ލާމަރުކަޒީ ނިޒާމް
ގާނޫނު އަސާސީގައި ވަކިވަކި ކައުންސިލަރުން ޒިންމާދާރުކުރެވޭނެ ގޮތެއް ނެތް: މިނިސްޓަރު އިމްރާން
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ
ކައުންސިލަރުންގެ ގިނަ ޝަކުވާތައް ހުށަހެޅޭ

ގާނޫނު އަސާސީގައި ވަކިވަކި ކައުންސިލަރުން ޒިންމާދާރުކުރެވޭނެ ގޮތެއް ނެތް ކަމަށާއި، ލޯކަލް ގަވަރމެންޓް އޮތޯރިޓީން ކައުންސިލަރުންނަށް ޚާއްސަކޮށް އުސޫލު އެކުލަވާލީ ޒިންމާދާކުރުވުމަށް ކަމަށް ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Advertisement

ލާމަރުކަޒީ ކޮމެޓީއަށް މިނިސްޓަރު އިމްރާން ވިދާޅުވީ ކައުންސިލަރުންގެ ފަރާތުން ޒިންމާދާރު ގޮތުގައި އޮފީހަށް ނުނިކުތުމާއި، ސަލާމް ބުނުމާއި، ކުއްލިއަކަށް ޗުއްޓީއަށް ދިއުމާއި، ރައްޔިތުންނާއި ބައްދަލުނުކުރުން ފަދަ މައްސަލަތަކުގެ ޝަކުވާތައް ވަރަށް ގިނައިން އެލްޖީއޭއަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއްމައްސަލައެއްގެ ގޮތުގައި އެބައޮތް ހުދު ރައްޔިތުންގެ މަޖިލީހުން އެބައޮތް 9 ޖެނުއަރީ 2013 ގައި ސިޓީއެއް ފޮނުވާފައި. ކައުންސިލްތަކުގެ ބޭފުޅުންގެ ތެރެއިން ގަޑިޖެހިގެން އޮފީހަށް ވަޑައިގަންނަވާ ކައުންސިލްގެ މުސާރައާ ގަޑީގެ ލާރި ކެނޑުމަށް އަދި އޮފީހަށް ހާޒިރުނުވާ ދުވަސްތަކުގައި މުސާރައިން އުނިކުރުމުގެ އުސޫލު ލޯކަލް ގަވަރމެންޓް އޮތޯރިޓީން ހަދާ އެއަށް އަމަލުކުރުމަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަންގާފައި އެބަހުރި. މީގެ ބައެއް މައްސަލަތައް އެސީސީން މުސާރައިން ނުކަނޑަނީ ކީއްވެގެންތޯ ލޯކަލް ގަވަރމެންޓް އޮތޯރިޓީއާ ބައްދަލުކުރައްވާފައި އެބަހުރި.
މިނިސްޓަރު އިމްރާން ވިދާޅުވި

ލޯކަލް ގަވަރމެންޓް އޮތޯރިޓީން 28 ނޮވެންބަރު 2013ގައި ކައުންސިލަރުންގެ ސުލޫކީ މިންގަނޑުގެ ނަމުގައި އުސޫލެއް ކަނޑައަޅުއްވާ ގަވާއިދެއް ހައްދަވާފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އޭގެފަހުން 25 ޖުލައި 2016 ގައި ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތަކުގެ ދަރަޖައަށް އުސޫލު ކަނޑައަޅައި ގަވާއިދެއް ނެރުއްވާފައިވާ ކަމަށެވެ. އަދި އޭގެ މައްޗަށް ބިނާކޮށް އެކި ދުވަސްވަރުގައި ކައުންސިލަރުންނާ މެދުގައި ފިޔަވަޅު އެޅިގެންގޮސްފައިވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަންކަން އަޅުގަނޑުމެން ފުރިހަމަކޮށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކުރަން. އެމަސައްކަތްތައް ފުރިހަމަ ވެގެންދާނީ އަޅުގަނޑަށް ފެންނަ ގޮތުގައި ސަރުކާރާ ރައްޔިތުންގެ މަޖިލިސް އެކުގައި މަސައްކަތްކޮށްގެން ރައްޔިތުންނަށް އެކޮށްދޭންޖެހޭ ޚިދުމަތްތައް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުން
މިނިސްޓަރު އިމްރާން ވިދާޅުވި

މިނިސްޓަރު އިމްރާން ވިދާޅުވީ އެލްޖީއޭއިން އުސޫލުގައި ހަދަންޖެހުނީ ކައުންސިލަރުން ޒިންމާދާރުކުރެވޭނެ ގޮތެއް ނެތުމުން ކަމަށާއި، ގާނޫނެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް