Advertisement
ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 08:33
ނަބީހާއާއި ނަބާހާ މެޑަލްތައް ދައްކާލަނީ
ނަބީހާއާއި ނަބާހާ މެޑަލްތައް ދައްކާލަނީ
އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ ގައި ރާއްޖެއަށް ރަން މެޑަލް ހޯދަދިން ނަބީހާއަށް މަޖިލީހުގެ ރައީސް މަރުހަބާ ދަންނަވައިފި
މި މެޑެއްޔާއެކު މިހާތަނަށް ރާއްޖެއަށް ވަނީ 13 މެޑަލް ޔަގީންވެފަ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއަށް ބެޑްމިންޓަން އިން ރަން މެޑަލް ހޯދަދިން ނަބީހާއަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ނަޝީދު ނަބީހާއަށް މަރުހަބާ ކިޔުއްވައި ކުރެއްވި ޓްވީޓްގައި ވަނީ ނަބީހާ ރާއްޖޭގެ މިނިވަން ދުވަހު ހޯދި ރަން މެޑައްޔާއެކު މުޅިރާއްޖެ ފަޙުރުވެރި ކުރުވާފައިވާ ކަމަށެވެ.

Advertisement

ރަން މެޑަލް ހޯދާފައިވަނީ ހުކުރު ދުވަހު ކުޅުނު ބެޑްމިންޓަން އަންހެން ސިންގަލްސް ސެމީ ފައިނަލުގައި ސީޝެލްސްގެ ކެމިލްއާއި ވާދަކޮށް މެޗު ކާމިޔާބުކޮށް ސީދާ ދެ ގޭމުންނެވެ.

މެޗުގެ ފުރަތަމަ ގޭމް 21-14 އިން ކާމިޔާބު ކޮށްފައިވާއިރު ދެވަނަ ގޭމް ކާމިޔާބުކޮށްފައިވަނީ 21-10 އިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް