Advertisement
ކ. މާލެ
|
26 ޖުލައި 2019 | ހުކުރު 18:35
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މައިކް ޕޮމްޕިއާ އެކު
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މައިކް ޕޮމްޕިއާ އެކު
ޓްވިޓަރ
މިނިވަން ދުވަސް
މިނިވަން ދުވަހުގެ ތަހުނިޔާ ޕޮމްޕިއޯ ފޮނުވައިފި
ގިނަ ގައުމުތަކުން ވަނީ ތަހުނިޔާ ކިޔާފައި
އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ
މިއީ 54 ވަނަ މިނިވަން ދުވަސް

ދިވެހިރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އެމެރިކާ އިން ކިޔައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ތަހުނިޔާ ފޮނުއްވަމުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރެސީ ހަރުދާނާ ވަމުންދާތަން ފެންނަން ފަށައިފި ކަމަށެވެ. ހަމަ އެއާއިއެކު ރާއްޖެއާ އެމެރިކާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޕޮމްޕިއޯ ވަނީ ދެއްވާފައެވެ.

Advertisement

ރާއްޖޭގެ ސަރުކާރާއި ގުޅިގެން ރާއްޖެއިން ހާސިލްކުރަން ބޭނުންވާ ކަންތައްތަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެމެރިކާއިން ވަނީ ދީފައެވެ.

ގިނަ ގައުމުތަކަކުން ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ރާއްޖެއަށް ފޮނުވާފައެވެ. އެގޮތުން ސްރީލަންކާ، އަޒަރްބައިޖާން، ނޯވޭ ކެނެޑާ، ޖަރުމަނުވިލާތް، ކެނެޑާގެ އިތުރުން މެކްސިކޯ އިން ވަނީ ތަހުނިޔާގެ މެސެޖް ފޮނުވާފައެވެ.

ރަސްމީކޮށް ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1965 އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބުމުގެ އެގްރީމެންޓުގައި ސޮއިކޮށްފައިވަނީ އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯގައެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑު ވަޒީރު އަލްމަރުހޫމް އިބްރާހިމް ނާސިރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް