Advertisement
ކ. މާލެ
|
26 ޖުލައި 2019 | ހުކުރު 10:40
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރައީސްގެ ޚިތާބު
މިފަސްގަނޑުގެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަންވެސް ބޭރު ބަޔަކަށް ދޫކޮށްނުލާނަން: ރައީސް
ރާއްޖެ ތަރައްޤީ ކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަ ހުރި
މުދަލާއި ފައިސާއިން އަގުކުރެވޭ ވަރަށްވުރެ ރާއްޖޭގެ އަގު ބޮޑު
ބޭރު މީހުންނަށް ބިން މިލްކު ނުކުރެވޭ އިސްލާހު ރައީސް ތަސްދީޤުކުރެއްވި

ވަގުތީ މަންފާއަކަށްޓަކައި މި ފަސްގަނޑުގެ ކުޑަ ތަންކޮޅެއްވެސް ބޭރުގެ ބައެއްގެ މިލްކުވެރިކަމަށް ދޫކޮށްނުލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Advertisement

ރައްޖޭގެ މިނިވަން ދުވަހާ ގުޅިގެން ހުކުރު ދުވަހު ޤައުމާ މުހާތަބުކުރައްވައި ދެއްވި ޚިތާބުގައި ރައީސް ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ވަގުތީ މަންފާއަކަށްޓަކައި މި ފަސްގަނޑުގެ ކިތަންމެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަންވެސް ބޭރު ބަޔަކަށް ދޫކޮށްލުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއްް ނޫން ކަމަށާއި، މުދަލާއި ފައިސާއިން އަގުކުރެވޭ ވަރަށްވުރެ ރާއްޖޭގެ ޖަރީރާ ރަށްތަކުގެ ޤަދަރު ދިވެހިންގެ ކުރިމަތީގައި މާ ބޮޑު ކަމަށެވެ.

ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހިފައިވާ މަސައްކަތްތައް ވަރަށް ގިނަ. ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް އެހާމެ ގިނަ. ރާއްޖެ ތަރައްޤީ ކުރަން ކިތަންމެ ބޭނުންވިޔަސް، ވަގުތީ މަންފާއަކަށްޓަކައި، މި ލޮބުވެތި ފަސްގަނޑުގެ ކިތަންމެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަންވެސް، ބޭރު ބަޔަކަށް ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. މުދަލާއި ފައިސާއިން އަގުކުރެވޭ ވަރަށްވުރެ، މި ޖަޒީރާތަކުގެ ޤަދަރާއި ކަރާމާތް، އަޅުގަނޑުމެންގެ ކުރިމަތީގައި މާ މަތިވެރި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ދިވެހިންނަށް މިނިވަންކަން ލިބުނުތާ 54 އަހަރު ފުރުން މިއަދު ފާހަގަކުރަމުންދާއިރު، ރައީސްގެ ވާހަކަފުޅުގައިވަނީ ރައްޔިތުންގެ ފަރުދީ މިނިވަންކަން ޤާއިމު ކުރުމަށް މި ސަރުކާރުން އިސްކަންދެއްވާނެ މިންވަރަށް އަލިއަޅުވާލާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންގެ އަޑު އުފުލައިދިނުމަށް ކަމަށާއި، ޤައުމުގެ މަސްލަހަތައްޓަކައި މަސައްކަތްކުރާ ކޮންމެ ބައެއްގެވެސް އެންމެ އިސް އަމާޒަކަށް ހަދަންޖެހޭނީ ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ހައްޤުތައް ހިމާޔަތްކޮށްދިނުން ކަމަށެވެ.

ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތް ކުރެވި، ޢަދުލު އިންޞާފު ޤާއިމުކުރެވޭނެ ކަމުގެ، އިތުބާރާއި ޔަޤީންކަން ހޯދައިދެވިގެން. އެކަންކަން ޙާޞިލު ކުރެވޭނީ، އަޅުގަނޑުމެން އެންމެން، އެއް ޢަޒުމެއްގައި އެކަމަށް މަސައްކަތް ކޮށްގެން. ދައުލަތުގެ ހުރިހާ ބާރުތަކާއި އެންމެހައި މުއައްސަސާތަކުގެ، ޙަޤީޤީ މަޤްޞަދަކަށް ވާންޖެހޭނީވެސް، ރައްޔިތުންގެ ފަރުދީ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުން. ޤައުމުގެ މަޞްލަޙަތުގައި މަސައްކަތްކުރާ، ރާއްޖޭގެ ނޫސްވެރިންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުގެވެސް، އެންމެ އިސް އަމާޒަކަށް ހަދަންޖެހޭނީ، ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ޙައްޤުތައް ޙިމާޔަތްކޮށްދިނުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ދިވެހިންގެ ފަސްގަނޑުން ކުޑަ ތަންކޮޅެއްވެސް ބޭރުގެ ބަޔަކަށް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކޮށް ގާނޫނު އަސާސީގައި ކުރިން އޮތް ގޮތަށް އެ މާއްދާ ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފާސްކުރި އިސްލާހު އޭޕްރީލް މަހު އެމަނިކުފާނު ވަނީ ތަސްދީޤުވެސް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް