ކ. މާލެ
|
26 ޖުލައި 2019 | ހުކުރު 09:51
19 އަހަރުގެ ޒުވާން ޓޭ-ކޭ
19 އަހަރުގެ ޒުވާން ޓޭ-ކޭ
އޭބީސީ ނިއުސް
ޓެކްސަސްގެ ރެޕާރ
ޓެކްސަސްގެ ރެޕާރ އަކަށް 55 އަހަރުގެ ޖަލު ހުކުމެއް!
55 އަހަރުގެ ޖަލު ހުކުމުގެ އިތުރުން ވަނީ 10000 ޑޮލަރުގެ ޖޫރިމަނާއެއްވެސް ދައްކަން ހުކުމް ކޮށްފަ

2016 ވަނަ އަހަރު ހަތިޔާރާއެކު މީހެއްގެ ގެޔަށް ވަދެ އޭނާ މަރާލި ކަމަުގެ ކުށުގައި ޓެކްސަސްގެ ރެޕާއެއް 55 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ޓެކްސަސްގައި ޓޭ-ކޭ ނަމުގައި މަޝްހޫރުކަން ހޯދާފައިވާ 19 އަހަރުގެ ޒުވާނާއަށް 55 އަހަރުގެ ޖަލު ހުކުމުގެ އިތުރުން ވަނީ 10000 ޑޮލަރުގެ ޖޫރިމަނާއެއްވެސް ދައްކަން ހުކުމް ކޮށްފައެވެ.

ޓެލެގްރާމް ރިޕޯޓްތަށް ބުނާގޮތުން ޓޭ-ކޭ ވަނީ ކުށައް އިއުތިރާފްވެ، ހުކުމް ބަލައިގަނެފައެވެ.

މެކްލިންޓަޔަރ ގެ 2017 ވަނަ އަހަރުގެ ސިންގަލްސް "ދަ ރޭސް" ވަނީ ބިލްބޯޑުގެ ހޮޓް 100 ލަވައިގެ ތެރޭގައި ހިމެނިފައެވެ. އޭނާގެ އެ ލަވަޔަކީ ގޭބަންދުގައި ހުއްޓާ ފުލުހުންނަށް ފިލައިގެން ދިޔުމަށް ފަހު ހަދާފައިވާ ލަވައެކެވެ. އެ ލަވައިގެ ވީޑިއޯ ވެސް ކުޅަފައިވަނީ ފުލުހުންނަށް ފިލައިގެން އުޅެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް