ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 23:04
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް
އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމް މީޑިއޭޝަން، މުޢާހަދާގައި ސޮއިކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފި
މުއާހަދާއިގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވުމަށް ވަނީ ނިންމާފައި

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމް މީޑިއޭޝަން" މުޢާހަދާގައި ސޮއިކުރެއްވުމަށް މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް ސޯލިހް މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއިން ހުށަހެޅުއްވި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މުއާހަދާގައި ސޮއިކުރުމަށް ވަޒީރުން ވަނީ ރައީސް ސޯލިހަށް ލަފާ އަރުއްވާފަ އެވެ.

މި މުޢާހަދާއަކީ މުއާހަދާގައި ބައިވެރިވާ ޤައުމުތަކުން މީޑިއޭޝަން މެދުވެރިކޮށް ނިންމާ މައްސަލަތަކުން އުފެދޭ ބައިނަލްއަޤްވާމީ ސެޓްލްމަންޓް އެގްރީމަންޓްތައް، ބަލައިގަނެ އެޤައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޒުކުރުމަށް އެއް އުޞޫލުތަކަކާއި އިންތިޒާމުތަކެއް ޤާއިމުކުރުމަށްޓަކާ އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑެކެވެ.

މި މުޢާޙަދާއަކީ 20 ޑިސެންބަރު 2018 ގައި އދ ގެ އާންމު މަޖިލީހުން ބަލައިގެންފައިވާ މުޢާހަދާއެކެވެ. މި މުޢާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ 7 އޯގަސްޓް 2019 ވަނަ ދުވަހު ސިންގަޕޫރުގައެވެ.

- ކޮމެންޓް