Advertisement
ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 17:55
ސްކޫލެއްގެ ދަރިވަރުންތަކެއް
ސްކޫލެއްގެ ދަރިވަރުންތަކެއް
އޭސީސީ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ކުދި ސްކޫލްތަކަށް އިންކުލޫސިވް "ކޯޗުން" ގެ ޚިދުމަތް ފަށައިފި
"އިންކްލޫސިވް އެޑިޔުކޭޝަން ކޯޗުން" ގެ ޚިދުމަތް ރާއްޖޭގެ 33 ސްކޫލަކަށް ފޯރުކޮށްދިނުމަށް ވަނީ ހަަމަޖެހިފައި

އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިންކުލޫސިވް އެޑިޔުކޭޝަން "ކޯޗުން" ތަމްރީނު ކުރުމުގެ 4 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

"އިންކްލޫސިވް އެޑިޔުކޭޝަން ކޯޗުން" ގެ ޚިދުމަތް ރާއްޖޭގެ 33 ސްކޫލަކަށް މިއަހަރުގެ ޖުލައި 18 އިން ފެށިގެން ސެޕްޓެމްބަރ ގެ ނިޔަލަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި 33 ސްކޫލަކީ އާބާދީގައި މަދު، ނިސްބަތުން އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިން ގިނަ އަދި މިފަދަ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުންގެ ދަތިކަން ހުރި ސްކޫލް ތަށް ކަމަށް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނަށް ފާހަގަވެފައިވާ ސްކޫލްތަކެވެ.

Advertisement

އިންކްލޫސިވް "ކޯޗުން" ތަމްރީނު ކުރެވުނު ސްކޫލްގެ 2 ބޭފުޅުންގެ ޓީމެއް (ޓީޗަރުން/ލީޑީން ޓީޗަރުން) އެހީތެރިކަން ބޭނުންވާ ސްކޫލަށް 1 ހަފްތާގެ މުއްދަތަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހޭދަ ކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޯޗު ކޮށްދިނުމުގައި ހޭދަކުރެވޭ 1 ހަފްތާގެ މުއްދަތުގައި ސްކޫލްގެ ބެލެނިވެރިން، އިސްވެރިންނާ މުދައްރިސުން އަދި ސްކޫލް ކުދިންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގޭނެ ކަމަށާއި މީގެ އިތުރުން ސްކޫލްގައި ތިބި އިތުރު އެހީއަށް ބޭނުންވާ ކުދިން ފާހަގަކޮށް މިފަދަ ކުދިންނަށް ޕްރޮގަރާމްތައް ރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ކިޔަވައިދިނުމުގެ މޮޑެލް ކްލާސްތައް ނަންގަވައި ދެއްވުމުގެ އިތުރުން ކިޔަވައިދުނުމަށް ބޭނުންވާނެ އެކިއެކި ޓީޗިން އެއިޑްސް/ލަރނިން މެޓީރިއަލްސް ތައްޔާރުކޮށް ދެވޭނެއެވެ. ޚާއްޞަކޮށް އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވެދޭނެގޮތާ އަދި އުކުޅުތައް ސްކޫލްގެ އެހެން ޓީޗަރުންނަށް ކިޔައިދެވޭނެއެވެ.

މިފަދަ ޕްރޮގްމާމެއްގެ ނަތީޖާ އަކީ ރާއްޖޭގެ ކުދި ސްކޫލްތަކާ އަދި ބޮޑެތި ސްކޫލްތަކާ ގުޅުން ބަދަހިވެ ކިޔަވައިދިނުމުގައި ދެސްކޫލްގެ ޓީޗަރުން ގުޅިގެން މަސައްކަތް ކުރުމާއި ޢާޢްމު ކްލާސް ތަކުގަޔާ އަދި އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވި އަދި ކުދިންގެ ޖުމުލަ ތަރައްޤީ ކުރިއެރުވުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް