Advertisement
ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 15:03
ރައީސް މައުމޫން
ރައީސް މައުމޫން
ޝުއައިބް މުހައްމަދު އިގްބާލް
ރައީސް މައުމޫން
ކޮންމެ މީހަކީވެސް އިލްމު އުނގެނުމަށް މަސައްކަތް ކުރާ މީހަކަށް ވާންޖެހޭނެ: ރައީސް މައުމޫން
ލިބިގަންނަންވީ ނަސޭހަތަކީ އިލްމް އުނގެނުމުގެ މުހިންމުކަން

ކޮންމެ މީހަކީވެސް އިލްމް އުނގެނުމަށް މަސައްކަތް ކުރާ މީހަކަށް ވާންޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އެކަކު އަނެކަކަށް ނަސޭހަތް ދިނުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް ނަސޭހަތް ލިބިގަންނަ މީހަކަށްވާން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެގޮތުން ލިބިގަންނަވީ ނަސޭހަތަކީ އިލްމް އުނގެނުމުގެ މުހިންމުކަން ކަމަށެވެ.

މައުމޫން ވިދާޅުވީ ފާއިތުވެދިޔަ 30 އަހަރު ކަލާފާނު ސުކޫލް ހިންގަވާފައިވަނީ ވަރަށް ޤާބިލް ކަމަށް ކަމޭހިތާ ޕްރިންސިޕަލުންތަކެއް ކަމަށާއި މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލަކާއި ޝަރަފެއް ކަމަށެވެ.

ކަލާފަން ސްކޫލަށް 30 އަހަރު ފުރުމުގެ ގޮތުން ހުޅުވި ފޮޓޯ މައުރަޒު ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް މައުމޫނެވެ. މައުރަޒު ހުޅުއްވައި ދެއްވުމަށް ފަހު އެމަނިކުފާނު ވަނީ ފޮޓޯ މައުރަޒު ބައްލަވާލައްވާ ސްކޫލްގެ ކުދިންނާއި ބައްދަލު ކުރައްވާފައެވެ.

Advertisement

ކަލާފާނު ސްކޫލަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރެވިފައިވާ ސުކޫލެކެވެ. މި ސްކޫލްގެ ބިންގާ އަޅުއްވައި ދެއްވީ ރައީސް މައުމޫނެވެ.

ކަލާފާން ސުކޫލަށް 30 އަހަރު ފުރުމާއި ގުޅިގެން އައު ޔުނީފޯމް ލޯންޗު ކޮށްފައިވާއިރު ސުކޫލްގައި ވަނީ އިތުރު ހަރަކާތްތައް ބާއްވާ، ހާއްސަ އެސެމްބްލީ އެއް ވެސް ބާއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް