Advertisement
ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 14:44
ފުލުހުންގެ ތަމްރީނެއްގެ ތެރެއިން
ފުލުހުންގެ ތަމްރީނެއްގެ ތެރެއިން
ޕޮލިސް
ފުލުހުންގެ ތަމްރީނުތައް
ފެތުމުގެ ތަމްރީނެއްގެ ތެރެއިން 19 އަހަރުގެ ފުލުހަކު ނިޔާވެއްޖެ
މިހާދިސާ ހިނގީ ބުރާސްފަތި ދުވަހު
ހާދިސާ ހިނގާފައިވަނީ ދ.ވާނީގައި ކުރިއަށްދިޔަ ތަމްރީނެއްގެ ތެރެއިން
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ބަލަމުން

މޯލްޑިވްސް ޕޮލިސް ސާރވިސް އިން ކުރިއަށް ގެންދިޔަ ތަމްރީނު ހަރަކާތެއްގައި ބައިވެރިވި އުމުރުން 19 އަހަރުގެ ފުލުހަކު ނިޔާވެއްޖެއެވެ.

ބުރާސްފަތި ދުވަހު ދ.ވާނީގައި ހިނގި މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހާދިސާ ހިނގާފައިވަނީ ދ.ވާނީގައި ކުރިއަށް ގެންދިޔަ 31 ވަނަ "ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯސް" ގެ ފެތުމުގެ ސެޝަނެއްގެ ތެރެއިން ކަމަށެވެ.

Advertisement

ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ޚާއްސަ ޓީމަކުން ބަލަން ފަށާފައިވާ ކަމަށެވެ.

ފުލުހުންގެ ރެކްރޫޓްމަންޓް ޓްރެއިނިންގްތައް ދ.ވާނީގައި ކުރިއަށްގެންދާއިރު، އެ ޓްރެއިނިންގތަކުގެ ތެރެއިން ދުވުމާއި، ފެތުމާއި ތަފާތު އެކި ގޮތްގޮތުން ގުޅުންހުރި ތަމްރީނުތައް ދެވިގެންދާއިރު، އެކަމުގައި ފުލުހުންގެ ތަޖުރިބާކާރު އޮފިޝަލުން ވެސް ހަރަކާތްތެރިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
25 ޖުލައި 2019 | ބުރާސްފަތި 16:28
ތުއްތު
ކޮންމެ ކަހަލަ ޕްރޮފެޝަލިސްޓަކު ތަހުގީގު ކުރިޔަސް ތިޔަ ކުއްޖާ އެނބުރިއެއް ނާންނާނެ. ޒިންމާ ނަގަންޖެހޭ ފަރާތްތަކުން ޒިންމާ ނުނަގާ ޕްރޮގްރާން ތައް ހިންގާތީ ވާގޮތް ފެނޭތޯ. ދުވަސްކޮޅަކުން ތިކަން ވެސް ހަނދާން ނެތިދާނެ