Advertisement
ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 12:50
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނު ނޫސްވެރިންނާ ބައްދަލުކުރެެއްވުމުގެ ތެރެއިން
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނު ނޫސްވެރިންނާ ބައްދަލުކުރެެއްވުމުގެ ތެރެއިން
ރާއްޖެއެމްވީ
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
ކަސްޓަމްސްއިން 22 ވަޒީފާއަކަށް ހުޅުވާލުމުން 1200 އެއްހާ މީހުން ކުރިމަތިލައިފި
މީހުން ހޮވުމުގައި ބަލާނީ 100 އިންސައްތަ އެމީހެއްގެ ޤާބިލުކަމަށް
މަޤާމުތަކަށް މީހުން ހޮވުމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ
22 އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން ނެގުމަށް ވަނީ ހަމަޖެހިފަ

މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ 22 މަޤާމަކަށް ވަޒީފާގެ ފުރުސަތަށް ހުޅުވާލުމުން 1200 އެއްހާ މީހުން އެ މަޤާމުތަކަށް ކުރިމަތިލައިފި ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނު ވިދާޅުވެއްޖެއެވެ.

Advertisement

އެންސީޓީސީއާއި ޔޫއެންޑީޕީ ގުޅިގެން ކޮށްފައިވާ ސާރވޭއަކާ ގުޅޭގޮތުން ނުއުމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 22 މަޤާމަކަށް ހުޅުވާލުމުން ގާތްގަނޑަކަށް 1200 އެއްހާ މީހުން ކުރިމަތިލާފައިވާ ކަމަށާއި، އެ މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނީ 100 އިންސައްތަ އެމީހެއްގެ ޤާބިލު ކަމަށް ކަމަށެވެ. އަދި އެ މަޤާމުތަކަށް މީހުން އައްޔަނު ކުރުމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަސްޓަމްސްގެ ވަޒީފާއަށް ހޮވުމަށް މިދިޔަ އޭޕްރީލް މަހު އިއުލާނު ކޮށްފައިވާއިރު، 22 އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިއުލާނުގައި ބުނެފައިވަނީ މި މަގާމުތަކަށް މީހުން ހޮވަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި، 1 އަހަރު ދުވަހުގެ ޕާފޯމަންސަށް ބަލައި، ވަޒީފާ ދާއިމީ ކުރެވިދާނެ ކަމަށެވެ.

ކަސްޓަމްސްގެ ވަޒީފާތަކަށް ހުޅުވާލުމުން އެހާ ގިނަ އަދަދަކަށް މީހުން ކުރިމަތިލާފައިވާއިރު، ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ނެތް ކަމަށާއި، ވަޒީފާތަކަށް މީހުން ހޮވުމުގައި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ނުފޫޒު ފޯރުވާކަމުގެ ވާހަކަ އަބަދު ވެސް ދެކެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް