ކ. މާލެ
|
24 ޖުލައި 2019 | ބުދަ 19:30
ސުވާލު ސެޝަންއަށް ފަހު އެކަމަނާ ވަޑައިގެންނެވިއިރު މެމްބަރުންވަނީ އެކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވާފައި
ސުވާލު ސެޝަންއަށް ފަހު އެކަމަނާ ވަޑައިގެންނެވިއިރު މެމްބަރުންވަނީ އެކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވާފައި
ބީބީސީ
ތެރީސާ މޭ
އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވަދާއީ ތަގުރީރުދެއްވައިފި
އައު ބޮޑުވަޒީރުގެ ކެބިނެޓްގައި އަންހެން ބޭފުޅުން އިތުރުވާނެކަމަށްވަނީ ބެލެވިފައި
އިނގިރޭސި ވިލާތް އީޔޫއިން ވަކިވުން ކުރިޔަށް ގެންދެވޭނެކަމަށް ބޮރިސް ޖޯންސަން ވިދާޅުވި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭގެ ވަދާއީ ތަގުރީރު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ޑައުނިންގ ސްޓްރީޓްގައި ބުދަދުވަހު ދެއްވައިފިއެވެ.

އެކަމަނާ ތަގުރީރުކުރައްވާފައި ވަނީ އިސްތިއުފާގެ ސިޓީ އިނގިރޭސި ރާނީއަށް ފޮނުއްވުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.

އެކަމަނާ ވަނީ އައު ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށާއި އެމަނިކުފާނުގެ ސަރުކާރަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.

"އެ ބޭފުޅުންގެ ކާމިޔާބަކީ އަޅުގަނޑުމެންގެ ގައުމުގެ ކާމިޔާބީ" އެ ކަމަނާ ވިދާޅުވިއެވެ.

ވަދާއީ ތަގުރީރުގެ ކުރިން އެކަމަނާވަނީ ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ގާނޫނުހަދާ މަޖިލީހުގައި އެކަމަނާއާ މެމްބަރުންގެ ސުވާލު ކުރެއްވުމަށް ބޭއްވި އެންމެ ފަހު ސެޝަންއަށް ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

ސުވާލު ސެޝަންއަށް ފަހު އެކަމަނާ ވަޑައިގެންނެވިއިރު މެމްބަރުންވަނީ އެކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އައު ބޮޑުވަޒީރުގެ ހައިސިއްޔަތުން ބޮރިސް ޖޯންސަން ވެސް ޑައުނިންގް ސްޓްރީޓްގައި ވާހަކަ ދައްކަވާނެއެވެ. އޭގެ ފަހުން ވަޒީރުންގެ މަޖިލިސް އިއުލާނު ކުރައްވާނެއެވެ.

ބެލެވޭ ގޮތުގައި އެ މަނިކުފާނުގެ ކެބިނެޓްގައި އަންހެން ވަޒީރުންގެ އަދަދު އިތުރުކުރައްވައި އަދި ބައިމަދު ދީނީ ގްރޫޕްތައް ތަމްސީލުވުން އިތުރު ކުރައްވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް