Advertisement
ކ. މާލެ
|
24 ޖުލައި 2019 | ބުދަ 21:52
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ޓްވިޓަރ
19 ޝަހީދުންގެ ހަނދާނުގައި
އުމަރުގެ ބައްދަލުވުމަށް ފުލުހުން ހުރަސްއަޅާނެ ކަމަށް ބުނެ ދައުރުވާ މެސެޖަކީ ދޮގެއް!
މިއީ 19 ޝަހީދުންގެ ހަނދާނުގައި ބާއްވަން މަސައްކަތްކުރި އެއްވުމެއް
އެއްވުން ރޫޅާލާނެކަމުގެ އިންޒާރު ފުލުހުންދީފައިވާ ކަމަށްބުނެ ދައުރުވަމުންދަނީ ދޮގު ޚަބަރެއް

"19 ޝަހީދުންގެ ހަނދާނެއް ނުނެތޭ'' ނަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަން އުޅުނު އެއްވުމަށް ފުލުހުން ހުރަސްއަޅާނެ ކަމަށް ބުނެ ދައުރުވާ މެސެޖަކީ ދޮގެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބުދަ ދުވަހުގެ ރޭ 9:00ގައި ސަލްސާ ރޯޔަލްގައި ބާއްވާ އެއްވުން އުމަރުގެ ފަރާތުން ފުލުހުންނަށް އަންގާފައިނުވާ ކަމަށާއ، ނަމަވެސް ސިޔާސީ އެއްވުން ބާއްވާކަން އެންގުމުން ފުލުހުން ސެކިއުރިޓީ އަދި ގާނޫނީ ޒިންމާ ނަންގަވާ ފަރާތްތަކާއި ކޯޑިނޭޓް ކުރުމުން ބައްދަލުކުރާ ކަމަށެވެ. އަދި މިރޭ މިއެއްވުން ހުއްޓުވާނެ ކަމަށް ފުލުހުން އެއްވެސް އިރަކު ބުނެފައިނުވާ ކަމަށެވެ.

1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ކާމިޔާބުވުމާ ގުޅިގެން އެކަން ފާހަގަ ކުރަން އެއްވުން ބާއްވަނީ ބުދަ ދުވަހުގެ ރޭ 9:00 ގައި ސަލްސާ ރޯޔަލްގައި ބިލެތް މީރުކޮށްލުމަކާއެކީ އެވެ.

Advertisement

ނަމަވެސް އެއްވުން ރޫޅާލާނެ ކަމަށް ފުލުހުން އިންޒާރު ދިފައިވާތީ އެއްވުން ކެންސަލް ކޮށްފައިވާކަމުގެ ދޮގު މައުލޫމާތުތަކެއް ދަނީ ދައުރުވަމުންނެވެ.

މީގެ ކުރިން މިއެއްވުން ބާއްވަން މަސައްކަތްކުރީ މިމަހުގެ 18 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައެވެ. ޕްލޭނިން މިނިސްޓްރީގައި ހުއްދައަށް އެދުމުން އެމިނިސްޓްރީން ހުއްދަ ދިން ނަމަވެސް އެދުވަހު އެ ޖަލްސާ ނުބޭއްވުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށް އުމަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް