Advertisement
ކ. މާލެ
|
24 ޖުލައި 2019 | ބުދަ 16:13
މިނިސްޓަރ އޮފް ހެލްތް، އަބްދުއްﷲ އަމީން އަދި ޗައިނާ ސަފީރު ޔަންގް ލީޖޮންގް
މިނިސްޓަރ އޮފް ހެލްތް، އަބްދުއްﷲ އަމީން އަދި ޗައިނާ ސަފީރު ޔަންގް ލީޖޮންގް
ހެލްތު މިނިސްޓްރީ
ޗައިނާ-ރާއްޖެ
ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލްގައި ލޮލުގެ ފަރުވާދޭ ހާއްސަ މަރުކަޒެއް
ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ޑިޕާޓްމަންޓް އިތުރަށް ހަރުދަނާކުރެވިގެން ދާނެ
ލޮލުގެ ފަރުވާއާއި ގުޅޭ އާލާތްތަކާއި ޗައިނާގެ ލޮލުގެ ހާއްސަ ޑޮކްޓަރުން ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭނެ

ރާއްޖޭގައި ދެވޭ ލޮލުގެ ފަރުވާގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލްގައި ލޮލުގެ ފަރުވާދޭ ހާއްސަ މަރުކަޒެއް ގާއިމް ކުރުމަށް އެއްބަސް ވުުމެއްގައި ސޮއިކުރައްވައިފިއެެވެ.

ބުދަ ދުވަހު ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ހަފްލާގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް، އަބްދުއްﷲ އަމީންއެވެ. އަދި ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިންގ ކޮމިޝަންގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަންގް ލީޖޮންގެވެ.

Advertisement

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ޑިޕާޓްމަންޓް އިތުރަށް ހަރުދަނާކޮށް އެންމެ އާދައިގެ ފަރުވާތަކުން ފެށިގެން ހާއްސަ ސާޖަރީތައް ހެދޭ ފެންވަރަށް ތަރައްގީކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ ލޮލުގެ ފަރުވާއާއި ގުޅޭ އާލާތްތަކާއި ޗައިނާގެ ލޮލުގެ ހާއްސަ ޑޮކްޓަރުން ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަމްރީންތައް ޗައިނާގައި ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޗައިނާ ސަރުކާރުން ވަނީ މީގެ ކުރިން ވެސް ރާއްޖޭގައި ލޮލުގެ ހާއްސަ ކޭމްޕްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ކޭމްޕްތަކުގައި ޖުމްލަ 1000 އަށް ވުރެގިނަ މީހުން ސްކްރީންކޮށް 186 މީހުންގެ ކެޓަރެކްޓް ސާޖަރީ ވަނީ ހަދާފައެވެ. އަދި 9.2 މިލިއަން ރުފިޔާގެ ލޮލުގެ ފަރުވާއާއި ގުޅޭ އާލާތްތައް ޗައިނާ ސަރުކާރުން ވަނީ ހަދިޔާ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް