Advertisement
ކ. މާލެ
|
24 ޖުލައި 2019 | ބުދަ 14:53
ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ކޮމެޓީގެ ބައްދަލުވުމުގައި
ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ކޮމެޓީގެ ބައްދަލުވުމުގައި
ޝުއައިބް މުހައްމަދު އިގްބާލް
ގޭންގު ކުށްތައް ހުއްޓުވުން
ގޭންގުތައް ޕްރޮމޯޓުވާގޮތަށް ކުޅިވަރުތަކުގައި ބައިވެރިވުން މަނާކުރަނީ
މި ހުށައެޅުން ހުށައެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
މި ހުށައެޅުމަށް އިންތި ވަނީ ތާއިދު ކުރައްވާފަ
އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފުލުހުން ހާޒިރު ކުރުމަށް ވަނީ ނިންމާފަ

އެކި ނަންނަމުގައި ހަރަކާތްތެރިވާ ގޭންގުތައް ޕްރޮމޯޓުވާގޮތަށް މަދަނީ ހަރަކާތްތަކުގައާއި، ކުޅިވަރުތަކުގައި ބައިވެރިވުން މަނާކުރުމުުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފަށައިފިއެވެ.

ބުދަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި މި ހުށައެޅުން ހުށައެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ. އެގޮތުން ނާޒިމް ވިދާޅުވީ، ގޭންގްތަކުގެ މައްސަލައަކީވެސް ކުޑަކުދިންގެ ނާޖާއިޒް މަންފާ ނެގުމާއި، ކުށްތަކުގައި ކުޑަކުދިން ބައިވެރިވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އަދި ސުކޫލު ފެންވަރުގައާއި ރަށުފެންވަރުގައިވެސް އެއްވެސް ގޭންގެއްގެ ނަމުގައި ކުޅިވަރުތަކުގައި ބައިވެރިވުން މަނާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހުށައެޅުމަށް ތާއީދު ކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިިދާޅުވީ، ގޭންގު ކުށްތައް މަނާ ކުރުމުގެ ޤާނޫނެއް އޮންނަ ކަމަށާއި، ނަމަވެސް ނަން މަޝްހޫރު ގޭންގުތައް ގިނަ ފަހަރު ރަޖިސްޓްރީވެފައި އޮންނަނީ ޤާނޫނާއި އެއްގޮތަށް ކޮންމެވެސް މަދަނީ ޖަމިއްޔާއެއް ނުވަތަ ރެކްރިއޭޝަނަލް ކްލަބެއްގެ ގޮތުގަައި ކަމަށެވެ. އަދި އޭގެ ސަބަބުން ފިޔަވަޅު އެޅުމަށް ދަތިވާ ކަމަށާއި، ނަމަވެސް އެއީ އަވަސް ހައްލެއް ބޭނުންވާ ކަމެއް ކަމަށްވެސް އިންތި ވިދާޅުވިއެވެ.

އެގޮތުން ކޮމިޓީ ބައްދަލުވުމުގައި އިންތި ވަނީ ކޮމިޓީއަށް ފުލުހުން ހާޒިރުކޮށް، ގޭންގް ވައޮލެންސް ގައި ބައިވެރިވާކަން ފާހަގަވެފައި ހުންނަ ޖަމާއަތްތައް ފާހަގަކޮށް، ފުލުހުން މެދުވެރިކޮށް އެފަދަ ޖަމާއަތްތައް ދެނެގަތުމުގެ މަސައްކަތް ކުރުމަށް ހުށައަޅުއްވާފައެވެ. އަދި މި ހުށައެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ތާއީދު ކުރައްވާފައެވެ. އެގޮތުން ރޮޒެއިނާ ވިދާޅުވީ، ކްލަބެއް ނުވަތަ މަދަނީ ޖަމިއްޔާއެއްގެ ނިވާފަތްގަނޑުގައި އޮވެގެން ގޭންގުތައް އޮޕަރޭޓް ކުރުން ހުއްޓުވައި އެކަމަށް އަވަސް ހައްލެއް ގެންނަންޖެހޭ ކަމަށެވެ.

Advertisement

މި ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށާއި، އިޖުތިމާއީ ކޮމިޓީން ބައިވެރިވާން އެދޭނަމަ އެ ފުރުސަތު ދޭނެ ކަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

މި ހުށައެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުޙުސިން ހަމީދު (ޖޭފޯ) ވިދާޅުވީ، 2015 ވަނަ އަހަރު ކުޅިވަރުގެ ޤާނޫނު ވުޖޫދުވިފަހުން އެއްވެސް ކުޅިވަރު ޖަމިއްޔާއެއް އުފައްދާނަމަ ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށާއި، ވީމާ ރަޖިސްޓްރީކޮށް ނަން ފާސް ކުރުމުގެ މަރުހަލާގައި މި މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެވިދާނެ ކަމަށެވެ.

މި ހުށައެޅުންތަކާ ގުޅޭގޮތުން ކޮމިޓީން މަޝްވަރާކޮށް ، ރާއްޖޭގައި އޮޕަރޭޓް ކުރާ ގޭންގްތައް މަދަނީ ޖަމިއްތާ ނުވަތަ ކުޅިވަރު ކްލަބު ތަކުގެ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށްޓަކައި އެކަން ހޯމް މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަށް ހުށައެޅުމަށާއި، އެފަދަ ކަންކަން ގާތުން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަށް އެ މުއައްސަސާތަކުގެ ކިބައިން އެދުމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
24 ޖުލައި 2019 | ބުދަ 20:25
މުހައްމަދު
މިހާރު ހާދަ ހާމަ ކަންބޮޑުގޮތެއްގަ އޭ ދަޯ ރައްޔިތުނަށް މި ދަށްކުވައިދެނީ! އެކަމް އާހިރުގަ ހަމަ ކުރިއެކޭ އެއްގޮތް. ނެއްވަކި ތަފާތެއް. ހަމަ ހުރިހާ ކޮމެޓީތަކެއް ސިއްރުކޮއްގެން. ކޮން ސިއްރެއްކުރާކަށް. މިހާރު މޮޔަ ހީވެ މި ސަރުކާރުގެންނަށް ވޯޓް ދެވުނީމަ. ރަނގަޅަށް ދާ އެއްކަމެއްވެސް ނެތް. ރައީސް ސާލިހްގެ ވެރިކަމުގައި މަޖިލީހުން ފާސްކުރި ބޮޑު ބިޔަ ބަޖެޓް ހުސްވެގެން އަނެއްކާ ބަޖެޓަކަށް އެދުމުންވެސް ލަދުގަނެއްޖެ. ކުރި ކަމެއް،ކުރި ތަރައްގީ އެއް މި 9 މަސްދުވަހުގެ ތެރޭނެތް! ދެން ކީވެ؟ ކީއްކުރީ؟
24 ޖުލައި 2019 | ބުދަ 17:21
ރިޔާޒު
ވަރަށް ރަނގަޅު ނިންމުމެއް...ވަރައް ތާއީދު....ވާހާ އަވަހަކަށް ތިޔަ ބިލް ފާސް ކުރައްވާ
24 ޖުލައި 2019 | ބުދަ 15:58
ޢާދަނު
ބައިބަލާ ކުޅިވަރު ބާއްވާއިރު މުޅިންވެސް އެބަޔަކު ނިސްބަތްވާ ގޭންގަކު ނަމުގަ ބައުވެރިވަނީ ދިދަތަކާ ޓީސާޓު ތަކުގަ ބޮޑުކޮށް ނަންޖަހާފަހުރޭ އެކަމަކު ފުލުހުންނަކަށްވެސް ނުފެނޭ ގޭންގުތަށް އެޔައްވުރެންމޮޅު އެހެންމީހުން ލޮލުގަ އަދުން އަޅުވާލާފަ އެމީހުން ޕޮރޮމޯޓްކޮށްލީ އެބަޔަކު ނިސްބަތްވާ ގޭންގިތަށް
24 ޖުލައި 2019 | ބުދަ 15:11
ސޭނޯ
ވަރަށް ރަނގަޅު ނިންމުމެއް. މި ގައުމުގެ މުޅި ޒުވާންޖީލު ހަލާކުވެ ނުދަނީސް މިފަދަ އެތަކެއް ފިޔަވަޅު ހަރުދަނާކަމާ އެކު އެބަ އަޅަންޖެހޭ. މިހާރު ގިނަ ޒުވާނުން މި ތިބެނީ ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ހާވާލައިގެން މަކުނުތަކެއްގެ ސިފައިގަ. މުޅިގައުމަށް ވެސް ހުތުރު. ދައުލަތުގެ މުއައްސަސާ ތަކުން މިފަދަ މީހުންނަށް އިސްލާހު ނުވަނީސް ޚިދްމަތް ދިނުންވެސް ހުއްޓާލަންވީ. މަކުނު ސްޓައިލް އަށް ނޫނެކޭ ބުނަންވީ. މުޖުތަމަޢު ބަލައިނުގަންނަ ސިފައެއްކަން ކެރިގެން ހާމަކުރަންވީ.