Advertisement
ކ. މާލެ
|
23 ޖުލައި 2019 | އަންގާރަ 12:59
ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ
ރާއްޖެއެމްވީ
ފުލުހުންގެ މެމޯރިއަލްޑޭ
ކުށްވެރިންނާ ކުރިމަތިލާއިރު އަޚުލާޤީ މިންގަނޑު ހިފެހެއްޓުމަށް ފުލުހުންނަށް އިލްތިމާސްކުރަން: ހޯމް މިނިސްޓަރ
ފުލުހުންގެ މުއައްސަސާއަށް އަބަދުވެސް ގޮންޖެހުންތަކާ ދަތިތައް ކުރިމަތިވޭ
ދިމާވާ ކަންކަމުގައި ހުރިހާ ފުލުހުންވެސް ބައިވެރިވާނެ
ކުރިމަތިލާ ކޮންމެ ކަމަކީ އެންމެންގެ ހައްޤުގައި ކުރިމަތިވާ ކަމެއް

ޤާނޫނާ ޚިލާފުވާ ކުށްވެރިންނާ ކުރިމަތިލާއިރު އަހުލާޤީ މިންގަނޑު ހިފެހެއްޓުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Advertisement

ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް އަބަދުވެސް ގޮންޖެހުންތަކާ ދަތިތައް ކުރިމަތިވާ ކަމަށާއި، ފުލުހުންގެ މަސްއޫލިއްޔަތަކީ އެންމެންގެ ރުހުމާއި ލޯބި ލިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގިނަ ފަހަރު ކުރިމަތިލާންޖެހެނީ ޤާނޫނާއި ޤަވާއިދުން ބޭރުވެފައިވާ ފަރާތްތަކާ ކަމަށާއި، އެފަދަ ފަރާތްތަކާ ކުރިމަތިލާއިރު ޤާނޫނާއި އަޚުލާޤިއްޔަތުގެ ހަމައިގެ ތެރޭގައި ތިބުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މި މުއައްސަސާއަށް އަބަދުވެސް ގޮންޖެހުންތަކާ ދަތިތައް ކުރިމަތިވޭ، މި މަސްއޫލިއްޔަތަކީ އެންމެންގެ ރުހުމާއި ލޯބި ލިބޭނެ ކަމެއް ނޫން، މި މަސްއޫލިއްޔަތަކީ އެންމެންގެ އެހީތެރިކަންވެސް ލިބޭނެ ކަމެއް ނޫން، މި ޒިންމާއާއި މަސްއޫލިއްޔަތުގައި ކުރިމަތިލާންޖެހެނީ ޤާނޫނާއި ޤަވާއިދުން ބޭރުން ތިބޭ ބައެއް ފަހަރު ބައެއް ފަރާތްތަކަށް، އެފަރާތްތަކުގެ ކިބައިން އަބަދުމެ ގޮންޖެހުމާއި ދަތިތަކާ ފުރައްސާރައާ ކުރިމަތިލާ، އެކަމުގައި ކެތްތެރިކަމާ ހިތްވަރާއެކުގައި ސާބިތުވެ ތިބެންޖެހޭނީ ޤާނޫނާއި އަޚުލާޤިއްޔަތުގެ ހަމަތަކުގެ ތެރެއިން،
މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޙް އިމްރާން އަބްދުﷲ

އަދި އެގޮތުގައި ދެމިތިބޭއިރު ކުރިމަތިވާ ކޮންމެ ދެރައަކާއި ހިތާމައެއްގައިވެސް ފުލުހުންގެ އާއިލާ އެކަތިގަނޑެއްގެ ގޮތުގައި އޮވެ އެކަމެއްގައި ހުރިހާ ފުލުހުންވެސް ބައިވެރިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުގައި ތިބިހައި ހިނދަކު އެންމެންނަށް ލިބޭ ގެއްލުމަކީ އަޅުގަނޑުމެން އެންމެން ބައިވެރިވާނެ ކަމެއް، އެކަމުގައި އަޅުގަނޑުމެން އެންމެންގެ ޒިންމާ އަދާކުރާނެ ކަމެއް، އަޅުގަނޑު ތިޔަ ލޮބުވެތި ހުރިހާ އޮފިސަރުންނަށް އިލްތިމާސް މި ކުރަނީ އެފަދަ ފަރާތްތަކާ ކުރިމަތިލަމުންދާހިނދު ޤާނޫނާއި އަޚުލާޤިއްޔަތުގެ ހަމައިގެ ތެރޭގައި ތިބެ އަޅުގަނޑުމެންނާ ކުރިމަތިލާ ކޮންމެ ކަމަކީ އެންމެންގެ ހައްޤުގައި ކުރިމަތިވާ ކަމެއް ކަމުގައި ފާހަގަކުރަން ،އަދި އަޅުގަނޑުމެންގެ އަމަލުތައް އެގޮތުގައި ސާފުކޮށް ބެހެއްޓުން،
މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޙް އިމްރާން އަބްދުﷲ

މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދުވެސް ވާހަކަ ދައްކަވާފައިވާއިރު، ހަމީދުގެ ވާހަކައިގައި ވަނީ ފުލުހުންގެ މުއައްސަސާއަށް ހުރި އެކި ގޮންޖެހުންތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން މިއަދުވެސް ފުލުހުންނަށް އެކި ނުރައްކާތައް އޮތް ކަމަށް ހަމީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް