ކ. މާލެ
|
23 ޖުލައި 2019 | އަންގާރަ 09:06
އެމެރިކަން ޕޮކެޓް ޝާކް
އެމެރިކަން ޕޮކެޓް ޝާކް
ޓުލޭން ޔުނިވަރސިޓީ
އާ މިޔަރުގެ ބާވަތެއް
"ގްލޯ އިން ދަ ޑާކް" މިޔަރުގެ ބާވަތެއް ސައިންސްވެރިން ހޯދައިފި
ފުރަތަމަ އެމިޔަރު ފެނިފައިވަނީ 2010 ވަނަ އަހަރު
ބަޔޯލުމިނިސެންޓް ފްލުއިޑް ބޭނުންކުރާނީ ޝިކާރަ ކުރަން
ދިގުމިނުގައި ހުންނަނީ އެންމެ 5.5 އިންޗި

ގަލްފް އޮފް މެކްސިކޯގައި އުޅޭ "ގްލޯ އިން ދަ ޑާކް" މިޔަރުގެ ބާވަތެއް ސައިންސްވެރިން ހޯދައިފިއެވެ.

އެމެރިކަން ޕޮކެޓް ޝާކްގެ ނަންދެވިފައިވާ މިޔަރު އެންމެ ފުރަތަމަ ފެނިފައިވަނީ، 2010 ވަނަ އަހަރުގެ ތެރޭގައި ދިރާސާކުރާ ފަރާތްތަކުން ގަލްފް އޮފް މެކްސިކޯގައި ސްޕާރމް ވޭލްގެ ކެއުމުގެ ކަންކަން ދިރާސާކުރަމުން ދިޔަ ސައިންސްވެރިންތަކަކަށެވެ.

އެމިޔަރުގެ ހާއްސަ ސިފަތައް ފުރަތަމަ ފަހާގަކުރެވިފައިވަނީ، ގަލްފް އޮފް މެކްސިކޯއިން ފެނުނު މިޔަރު ނަގައިގެން ގޮސް އިތުރު ދިރާސާއެއް ހެދުމުގެ ތެރޭގައެވެ.

ދިގުމިނުގައި އެންމެ 5.5 އިންޗި ހުންނަ މިޔަރު ބޭރުކުރާ ބަޔޯލުމިނެސެންޓް ފްލުއިޑް (އަނދިރީގައި ދިއްލޭ ދިޔައެއް) ބޭނުންކުރަނީ ޝިކާރަ ކުރުމަށެވެ. މި ފްލުއިޑް ބޭރުކުރަނީ މިޔަރުގެ އަރިމަތީ އުރަހައިގައި ހުންނަ ހާއްސަ ލޯވަޅަކުންނެވެ. މިއީ ކައިޓްފިން ޝާކް އާއިލާއަށް ނިސްބަތްވާ މިޔަރެއް ކަމަށްވެސް ސައިންސްވެރިން ބުނެފައިވެއެވެ.

މީގެ ކުރިން މީގެ މިޔަރެއް 1979 ވަނަ އަހަރުގެ ތެރޭގައި އިރުމަތީ ޕެސިފިކް ކަނޑުން ހިފާފައިވީ ނަމަވެސް، މި މިޔަރުގެ ހާއްސަ ސިފަތައް ހޯދި މާކް ގްރޭސް ބުނެފައިވަނީ އެއީ ތަފާތު ދެ ކަނޑަކުން ހޯދާފައިވާ ދެ ވައްތަރެއްގެ މިޔަރެއް ކަމަށެވެ. ޕެސިފިކް ކަނޑުން ހޯދި މިޔަރު ބަހައްޓާފައި ހުންނަނީ ރަޝިއާގެ ސެއިންޓް ޕީޓަރސްބަރގްގައި ހުންނަ ޒޫލޮޖިކަލް މިއުޒިއަމްގައެވެ.

- ކޮމެންޓް