Advertisement
ކ. މާލެ
|
22 ޖުލައި 2019 | ހޯމަ 21:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދް
ރައީސް އޮފީސް
މޮރިޝަސް-ރާއްޖެ
ރައީސްގެ ދެކަނބަލުން މޮރިޝަސްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސް ސާލިހް ވަނީ އެގައުމުގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އާ ބައްދަލުކުރައްވާފަ
ރައީސް ސާލިހް ވަނީ އެގައުމުގެ ބޮޑުވަޒީރު ޕްރަވިންދް ޖަގްނައުތް އާ ބައްދަލުކުރައްވާފަ
ރައީސްގެ ދެކަނބަލުން ވަނީ އައި.އޯ.އައި.ޖީ ގައި ބައިވެރިވި ދިވެހި ޓީމުތަކަށް ތަރުހީބު ދެއްވާފަ

މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ އައުމަށް ފުރާވަޑައިގެންފިއެވެ.

މޮރިޝަސްއަށް ރައީސްގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގާ ރައީސް ސާލިހް ވަނީ އެގައުމުގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އާއި އެގައުމުގެ ބޮޑުވަޒީރު ޕްރަވިންދް ޖަގްނައުތްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލްކުރެއްވުންތަކުގައި ރާއްޖެއާ މޮރިޝަސްއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

Advertisement

މޮރިޝަސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ މޮރިޝަސްގެ ޕޯޓް ލުއީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައި.އޯ.އައި.ޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދިވެހި ޓީމުތައް ވާދަކުރި ބައެއް މެޗްތައް ބައްލަވާލައްވައި ޓީމުތަކަށް ތަރުހީބު ދެއްވާފައެވެ.

މި މުބާރާތުން ރާއްޖޭގެ ޓޭބަލް ޓެނިސް ގެ އަންހެން ޓީމު ރަންމެޑެލް ހާސިލްކޮށްފައިވާއިރު ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ވަނީ ބްރޮންޒް މެޑަލް ހާސިލުކޮށްފައެވެ. މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ އިތުރު ކުޅިވަރުތަކުގެ ތެރޭގައި، ވޮލީބޯޅަ، ފުޓްބޯޅަ އަދި، އެތްލެޓިކްސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް