Advertisement
ކ. މާލެ
|
24 ޖުލައި 2019 | ބުދަ 13:44
ޔުނިވަރސިޓީގެ ބިލް ދިރާސާ ކުރުމުގައި އާންމުންގެ ޚިޔާލުވަނީ ހޯދާފައި
ޔުނިވަރސިޓީގެ ބިލް ދިރާސާ ކުރުމުގައި އާންމުންގެ ޚިޔާލުވަނީ ހޯދާފައި
ޓްވިޓަރ
ަމަޖިލިސް 2019
ސިޔާސީ ނުފޫޒުން ޔުނިވަރސިޓީ ހިންގުން ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
ސިޔާސީ ނުފޫޒުން ޔުނިވަރސިޓީ ހިންގުން ކުޑަކުރުން
ގާނޫނަށް މިހާރު ގެނެވުނު އިސްލާހުގެ ސަބަބުން ދެ ޔުނިވަރސިޓީއަށްވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނީ ހަމައެކަނި ޗާންސެލަރ އާއި ވައިސް ޗާންސެލަރ

ސިޔާސީ ނުފޫޒުން ޔުނިވަރސިޓީ ހިންގުން ކުޑަކުރުމުގެ ގޮތުން ގައުމީ ޔުނިވަރސިޓީގެ ގާނޫނަށް ހުށަހެޅުނު އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތެރެއިން 65 މެމްބަރުންގެ ތާއީދާއެކުއެވެ.

Advertisement

ޔުނިވަރސިޓީގެ ގާނޫނަށް ބަދަލު ގެނައި މައިގަނޑު މަގްސަދަކީ ސިޔާސީ ނުފޫޒުން ޔުނިވަރސިޓީ ހިންގުން ކުޑަކުރުމެވެ. ގާނޫނަށް މިހާރު ގެނެވުނު އިސްލާހުގެ ސަބަބުން ދެ ޔުނިވަރސިޓީއަށްވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނީ ހަމައެކަނި ޗާންސެލަރ އާއި ވައިސް ޗާންސެލަރ އެވެ.

ގައުމީ ޔުނިވަރސިޓީގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލް ދިރާސާކޮށްފައިވަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީންނެވެ. ބިލް ދިރާސާ ކުރަމުން ދިޔައިރު، ކޮމިޓީން ވަނީ ޔުނިވަރސިޓީގެ އިސްފަރާތްތަކާއި،ތައުލީމީ ދާއިރާގެ އިސް ފަރާތްތަކާއި ބައްދަލުކޮށްފައެވެ. ގައުމީ ޔުނިވަރސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ކޮމިޓީން ވަނީ އާންމުންގެ ޚިޔާލުވެސް ހޯދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
24 ޖުލައި 2019 | ބުދަ 19:01
މޫޗީ/މީދޫ
ކޯނި ރިޕޯރޓް ތައްޔާރުކުރި ކޮމިޓީގައި ހިމެނޭ އަލީފަވާޒް ޝަރީފް އެހުރީ ނެޝަނަލް ޔުނިވަރސިޓީ ގެ އިސްމަގާމެއްގައި. މިކަހަލަ ބޭފުޅުން ތިއްބަވައިގެން ކިހިނެއްތޯ ސިޔާސީ ނުފޫޒުން ޔުނިވަރސިޓީ ސަލާމަތް ވާނީ. ބޭރުކުރޭ.