Advertisement
ކ. މާލެ
|
22 ޖުލައި 2019 | ހޯމަ 13:42
އެމްއެންޑީއެފުން ކުރިއަށްގެންދާ ތަމްރީނުގެ ތެރެއިން
އެމްއެންޑީއެފުން ކުރިއަށްގެންދާ ތަމްރީނުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް ތަމްރީނުތައް
އެމްއެންޑީއެފާއި ޖަޕާނުގެ ކަނޑުގެ ސިފައިން ގުޅިގެން ތަމްރީނު ހަރަކާތްތަކެއް ބާއްވައިފި
މިހަރަކާތް ފެށީ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި
ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތް ކިޔާދޭނެ
ކަނޑުވެފައިތިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ފަރިތަކުރާނެ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި، ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ސިފައިން ގުޅިގެން ސާރޗް އެންޑް ރެސްކިއު ތަމްރީނުތަކެއް ފަށައިފިއެވެ.

Advertisement

ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ފެށި މި ތަމްރީނުތަކާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ހުޅުމާލެ އިރުމަތީފަރާތު ކަނޑުގެ ސަރަހައްދުގައި ފެށި މި ހަރަކާތުގައި ޖަޕާނުގެ ނޭވީ ފްލައިޓެއްވެސް ހަރަކާތްތެރިވާނެ ކަމަށާއި، މި ހަރަކާތުގެ ދަށުން ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްދާނެ ކަމަށެވެ.

މި ހަރަކާތުގައި ޖަޕާނުގެ ނޭވީ ފްލައިޓް ހަރަކާތްތެރިވާނެ

އޭގެ އިތުރުން، ކަނޑުވެފައިތިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އަމަލީ ގޮތުން ފަރިތަކުރުންތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނުތަކުގައި ކޯސްޓްގާރޑުގެ ބޯޓު "ޝަހީދު އަލީ"ވެސް ހަރަކާތްތެރި ވެފައިވާއިރު، މެންދުރު 13:00 ގައި ތަމްރީނުތަކުގެ އަމަލީ ފަރިތަކުރުންތައް ނިމިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް