Advertisement
ކ. މާލެ
|
22 ޖުލައި 2019 | ހޯމަ 13:36
ރައްޔިތުންގެ މަޖިލިސް ޗެމްބަރުގައި މެމްބަރުން
ރައްޔިތުންގެ މަޖިލިސް ޗެމްބަރުގައި މެމްބަރުން
ރައްޔިތުންގެ މަޖިލިސް
ަމަޖިލިސް 2019
އަސާސީ ޕެންޝަން ބޮޑު ކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
އިސްލާހުގެ ބަހުސް މަރްހަލާގައި މެމްބަރުން ވަނީ އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
ޖާބިރު ވިދާޅުވީ 5000 ރުފިޔާ އަކީ އަސާސީ ބޭނުންތައް ފުއްދަން މަދު އަދަދެއް ކަމަށް
މި އިސްލާހު ބޭރުކޮށްލާފައިވަނީ 58 ވޯޓުން

އަސާސީ ޕެންޝަން ފަސްހާސް (5000) ރުފިޔާއިން ދިހަ ހާސް (10000) ރުފިޔާއަށް ބޮޑު ކުރަން ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއިސްލާހު ބޭރުކޮށްލާފައިވަނީ 58 ވޯޓުންނެވެ. އަސާސީ ޕެންޝަން ބޮޑު ކުރަން ޕެންޝަނާއި ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

Advertisement

އުމުރުން ދުވަސްވީ މީހުންނަކީ ގަދަރުވެރިކަމާއެކު އުޅެވޭނެ މީހުންނަށް ހެދުމަށްޓަކާ ދައުލަތުން މިހާރު ފޯރު ކޮށްދެމުން އަންނަ ފައިސާގެ އަދަދު ބޮޑު ކުރަން ޖެހޭ ކަމަށް އަސާސީ ޕެންޝަން ބޮޑު ކުރަން ޕެންޝަނާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވަމުން މެމްބަރު ޖާބިރުވަނީ ވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ 5000 ރުފިޔާ އަކީ އަސާސީ ބޭނުންތައް ފުއްދަން މަދު އަދަދެއް ކަމަށެވެ.

އިސްލާހުގެ ބަހުސް މަރްހަލާގައިވެސް މެމްބަރުން ވަނީ އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޕެންޝަނާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަކީ އެއްވެސް ދިރާސާ ކުރުމެއްނެތި ހުށަހަޅާފައިވާ އިސްލާހެއްކަން މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރުން ބަޖެޓް ހަދާ ނިންމާފައިވަނިކޮށް، ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށް ސަރުކާރާއި އެއްވެސް މަޝްވަރާ ކުރުމެއްނެތި އިސްލާހު ހުށަހެޅުއްވާތީވެސް މެމްބަރުން ވަނީ ފާޑުވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް